ރައީސް މައުމޫން އާއި ދެ ފަނޑިޔާރުންގެ ހާލުކޮޅު ބަލައިފިން: ހައުސިން މިނިސްޓަރު

ފުލުހުންގެ ބަންދުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ ހާލުކޮޅު ބައްލަވާލައްވާފައިވާކަމުގައި ހައުސިން މިނިސްޓަރު ޑރ....

14 Feb 2018 | 14:04

ފުލުހުންގެ ބަންދުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ ހާލުކޮޅު ބައްލަވާލައްވާފައިވާކަމުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައި އެވެ.

އެ ޓްވީޓްގައި މުއިއްޒު ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ރަީސް މައުމޫން، އުސްތާޒް އަބްދުﷲ ސައީދު، އުސްތާޒް އަލީ ހަމީދު އާއި ބައްދަލުކޮށް އެ ތިން ބޭފުޅުންގެ ހާލުކޮޅު ބަލާފައިވާކަމަށެވެ.

https://twitter.com/MMuizzu/status/963768310662770688

"އެ ތިން ބޭފުޅުން ސިއްހީ ހާލުކޮޅާ، ހުންނަވާތަނާބެހޭ މައުލޫމާތުފަދަ ކަންކަން އޮޅުންފިލުވިން" މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.

ރައީސް މައުމޫންއާއި ދެ ފަނޑިޔާރުން ބަންދުކޮށްފައިވަނީ ސަރުކާރު ވައްޓާލަން އުޅުމާއި އިތުރު ބައެއް ތުހުމަތުތަކާއިއެކުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް