އަތް ދަބަސް ދޫކޮށްނުލަން ވެގެން ޗައިނާ އަންހެނަކު އެކްސްރޭ މެޝިނުގެ ތެރެއަށް

ޗައިނާގައި އަންހެނަކު އޭނާގެ އަތްދަބަސް ދޫކޮށްނުލަންވެގެން އެކްސްރޭ މެޝިނެއްގެ ތެރެއަށް ވަދެއްޖެ އެވެ. އޭނާ އެ މެޝިނު ތެރެއަށް ވަދެފައިވަނީ ޗައިނާގެ ދެކުނުގެ ސިޓީއެއް ކަމުގައިވާ ޑޮންގުއަން ސިޓީއިން އެ...

14 Feb 2018 | 09:42

ޗައިނާގައި އަންހެނަކު އޭނާގެ އަތްދަބަސް ދޫކޮށްނުލަންވެގެން އެކްސްރޭ މެޝިނެއްގެ ތެރެއަށް ވަދެއްޖެ އެވެ.

އޭނާ އެ މެޝިނު ތެރެއަށް ވަދެފައިވަނީ ޗައިނާގެ ދެކުނުގެ ސިޓީއެއް ކަމުގައިވާ ޑޮންގުއަން ސިޓީއިން އެހެން ސިޓީއަކަށް ދަތުރުކުރުމުގެ ތެރޭގައި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ކިތަންމެ ކުޑަ ދަބަހެއް ވިޔަސް އެކްސްރޭ މެޝިނަށް ލާންޖެހޭނެ ކަމަށް ސެކިއުރިޓީ ބުނެ އެވެ. އެހެންނަމަވެސް އެ އަތް ދަބަސް ދޫކޮށްނުލަން ވެގެން އެ އަންހެން މީހާ އޭނާގެ އަތް ދަބަހާއެކު އެކްސްރޭ މެޝިނުގެ ތެރެއަށް ވަނެވެ.

އެ އަންހެންމީހާ ބުނެފައިވަނީ އަތް ދަބަސް ދޫކޮށްލާން ނުކެރުނީ އޭގައި ގިނަ އަދަދަކަށް ފައިސާ ހުރުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް