ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާއިރު ރާއްޖެ ދަތުރުކުރާ، އެކުވެރި އަރަބި އިމާރާތުގެ ރައްޔިތުންނަށް އެ ގައުމުން ޓްރެވަލް އެލާޓެއް ނެރެފި އެވެ.
އެގައުމުގެ ފޮރިން މިނިސްޓްރީގެ އިންޓާނަލް ކޯޕަރޭޝަންގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާއިރު އެ ގައުމުގެ ރައްޔިތުން ރާއްޖެ ގޮސް އުޅުމުގައި ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ޓްރެވަލް އެލާޓް ނެރެފައިވާއިރު ކަމެއް ދިމާވެއްޖެ ނަމަ ކުއްލި ހާލަތުގައި ގުޅޭނެ ނަމްބަރެއްވެސް އެ ގައުމުން ވަނީ އާންމު ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް