ކައިވެނި ހަފްލާއަކަށް ދިއުމަށް ރަންވީރަށް ދެ ކްރޯޑް ހުށަހެޅުމުން ނޫނެކޭ ބުނެފި

ޕަދްމާވަތުގައި ރަންވީރު ސިންގް އަދާކޮށްފައިވާ މޮޅު ރޯލަށް ލިބެމުންދާ ތަރުޚީބާއެކު ރަންވީރަށް ލިބެމުންދާ އެކި ފުރުސަތުތައްވެސް މަދެއްނޫނެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ދާދިފަހުން ކައިވެނި ހަފްލާއަކަށ...

14 Feb 2018 | 02:05

ޕަދްމާވަތުގައި ރަންވީރު ސިންގް އަދާކޮށްފައިވާ މޮޅު ރޯލަށް ލިބެމުންދާ ތަރުޚީބާއެކު ރަންވީރަށް ލިބެމުންދާ އެކި ފުރުސަތުތައްވެސް މަދެއްނޫނެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ދާދިފަހުން ކައިވެނި ހަފްލާއަކަށް ދިޔުމަށް ރަންވީރަށްވަނީ ފުރުސަތު ލިބިގެންގޮސްފައެވެ. ކައިވެނި ހަފްލާގައި 30 މިނެޓް ބައިވެރިވުމަށް އެކަން އޯގަނައިޒްކުރި މީހުން ރަންވީރަށް ވަނީ ދެ ކްރޯޑް ރުޕީސް ހުށަހަޅާފައެވެ. އާންމުގޮތެއްގައި މިފަދަ ހުށަހެޅުންތަކަށް އެކްޓަރުން އާނއެކޭ ބުނި ނަމަވެސް ރަންވީރުވަނީ މިހުށަހެޅުމަށް ނޫނެކޭ ބުނެފައެވެ.

ރަންވީރު ސިންގް މިވަގުތު އަވަދިނެތި އުޅެނީ ޒޯޔާ އަޚުތަރުގެ އެންމެ އަވަހަށް ނިކުންނަން އޮތް ފިލްމު "ގަލީ ބޯއީ" ގެ ޝޫޓިންގައެވެ. އެހެންކަމުން ޝޫޓިންގެ މެދުތެރެއިން އެހެންކަމަކަށް ދިޔުމުން އޭނާއަށް ޝޫޓިންއަށް އެކަށީގެންވާ ވަގުތު ނުދެވިދާނެތީ އެހުށަހެޅުމަށް ރަންވީރު ނޫނެކޭ ބުނީކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އެހެން ސިޓީއެއްގައި އޮންނަ ކައިވެނި ހަފްލާއަކަށް ދިޔުމަށްފަހު އަލުން އަނބުރާ ޝޫޓިންއަށް އަންނައިރު ވަރުބަލިކަން ފިލުވަން ވަގުތު ނުވާނެތީވެ ގިނަ ލާރި ހޯދުމަށްވުރެ ބޮޑަށް ރަންވީރު އިސްކަންދިނީ އޭނާގެ ފިލްމަށެވެ.

ރަންވީރު ސިންގް އާއި އާލިއާ ބަޓް އިސްރޯލުން ފެނިގެންދާ ގަލީ ބޯއީ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް