ޑޫޖީ ވީ: އައިފޯނު އެކްސް އާ ވައްތަރު އެންޑްރޮއިޑް ފޯނެއް

އައިފޯނު އެކްސްގެ ޑިޒައިން އަދި އެ ފޯނުގެ ފީޗާތައް ވެގެން ގޮސްފައިވަނީ ސްމާޓް ފޯނު އިންޑަސްޓްރީއަށް އިންގިލާބެއް ގެނުވި ފީޗާ ތަކަކަށެވެ. އެ ފޯނުގެ ޑިޒައިން ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު އެންޑްރޮއިޑ...

13 Feb 2018 | 23:41

އައިފޯނު އެކްސްގެ ޑިޒައިން އަދި އެ ފޯނުގެ ފީޗާތައް ވެގެން ގޮސްފައިވަނީ ސްމާޓް ފޯނު އިންޑަސްޓްރީއަށް އިންގިލާބެއް ގެނުވި ފީޗާ ތަކަކަށެވެ.

އެ ފޯނުގެ ޑިޒައިން ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު އެންޑްރޮއިޑް ފޯނަށް ލޯބިކުރާ ފަރާތްތަކަށް މިއޮތީ އުފާވެރި ހަބަރެކެވެ. އެއީ އައިފޯނު އެކްސްގެ ޑިޒައިނާއި ވައްތަރު އެންޑްރޮއިޑް ފޯނެއް ޗައިނާގެ ޑޫޖީ ކުންފުނިން އުފައްދައި މާކެޓަށް ނެރެން އުޅޭ ހަބަރެވެ.

ޑޫޖީ ވީ، މި ނަން ދީފައިވާ ސްމާޓް ފޯނު ދާދި އަވަހަށް ނެރޭނެކަން އެ ކުންފުނިން ހާމަކޮށްފައިވާއިރު މި ފޯނު ބަލާ ބެލުމަށް އައިފޯނު އެކްސް އާއި މާ ބޮޑު ތަފާތެއް ނެތެވެ. ނަމަވެސް ތަފާތު އެއް ކަމެއް އެބަ އޮތެވެ. އެއީ ފިންގަޕްރިންޓް ސްކޭނަރު ޑިސްޕްލޭއާއި ފައްތަރުކޮށްލާފައިވުމެވެ.

މި ފޯނުގެ އަގު އަދި ހާމަވެފައެއް ނުވެ އެވެ. ނަމަވެސް ހާމަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު މިފޯނުގައި ހިމަނާފައިވަނީ 6.2 އިންޗި ޑިސްޕްލޭ އެކެވެ. ފޯނުގެ އިތުރު ތަފްސީލު ފެންމަތިވާނެ ކަމަށް ބެލެވެނީ މި މަހުގެ 27 ގައިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް