އައިއެސް ޖަމާއަތުގެ ލީޑަރު އަބޫބަކުރު އަލް ބަގްދާދީ އަދި މަރު ނުވާ ކަމަށާއި ސީރިޔާގެ ފީލްޑް ހޮސްޕިޓަލަކުން ދާދިފަހުން ހިދުމަތް ލިބިގަތްކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އިރާގުން ބުނެފި އެވެ.
"ބަގްދާދީ މަރު ނުވާކަމަށާއި، ޒަހަމްވެފައިވާ ހާލު ފިލައިގެން އުޅޭ ކަމުގެ ކިތާބީ ހެކި ވަނީ ލިބިފައި" އިރާގުގެ އިންޓެލިޖެންސް އަދި ކައުންޓަރޓެރަރިޒަމް ޑިޕާޓްމެންޓްގެ ވެރިޔާ އަބޫ އަލީ އަލް-ބަސްރީ ބުނެފައި ވެ އެވެ.
އައިއެސް ޖަމާއަތް ބަލިކޮށް އައިއެސްގެ މައްޗަށް ފަތަހަ ހޯދިފައިވާކަން އިރާގުން އިއުލާނު ކުރި ނަމަވެސް ސީރިޔާގެ ހަސާކޭ ޕްރޮވިންސްގައި އެދިވެސް އައިއެސް ޖަމާއަތުގެ ބާރު ހިނގައެވެ. އިރާގުން ތުހުމަތުކުރާގޮތުގައި ބަގުދާދީ މިހާރު ހުރީ އެ ޕްރޮވިންސްގައެވެ. އޭނާ ހޯދައި މަރާލާފައި ނޫނީ ނުހުއްޓާނެކަމަށް އިރާގުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް