ޔަމަނު މަސްރަހު: ހޫތީންގެ އިސް ކޮމާންޑަރަކު މަރާލައިފި

ޔަމަނުގައި ސަރުކާރު ކޯލީޝަނުން ދިން ހަމަލާއެއްގައި އިދިކޮޅު ހޫތީންގެ އިސް ކޮމާންޑަރަކު މަރާލެވިފައިވާކަމުގައި ޔަމަނުގެ މިލިޓަރީ މީޑިއާއިން ބުނެފި އެވެ. ޔަމަނުގެ މިލިޓަރީ މީޑިއާއިން ބުނެފައިވާގޮތުގައި ...

13 Feb 2018 | 22:52

ޔަމަނުގައި ސަރުކާރު ކޯލީޝަނުން ދިން ހަމަލާއެއްގައި އިދިކޮޅު ހޫތީންގެ އިސް ކޮމާންޑަރަކު މަރާލެވިފައިވާކަމުގައި ޔަމަނުގެ މިލިޓަރީ މީޑިއާއިން ބުނެފި އެވެ.

ޔަމަނުގެ މިލިޓަރީ މީޑިއާއިން ބުނެފައިވާގޮތުގައި އިއްޔެގެ ހަމަލާގައި މަރާލާފައިވަނީ އަބޫ ތާހާ އަލް-ގަލީސީ ނަމަކަށް ކިޔާ މީހަކާއި އިތުރު ހަތަރު މީހެކެވެ. އަބޫ ގަލީސީ އަކީ ޔަމަނުގެ ތާއިޒް ސިޓީގައި ހޫތީންގެ ފައުޖުތަކަށް ކޮމާންޑްކުރާ އެންމެ އިސް ކޮމާންޑަރު ކަމުގައި މިލިޓަރީ މީޑިއާއިން ހާމަކޮށްފައި ވެ އެވެ.

ޔަމަނުގެ ސަރުކާރާއި ޔަމަނުގެ ސަރުކާރަށް މި ދާހިލީ ހަނގުރާމައިގާ ވާގިވެރިވާ އަރަބި ކޯލީޝަނުން އަންނަނީ ތާއިޒްގެ ކޮންޓްރޯލް ނެގުމަށް މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގައި ކާމިޔާބުތަކެއް ލިބެމުން އަންނަ ކަމުގައި އެ ކޯލީޝަނުން ހާމަކުރެ އެވެ.

މާރިޗް 2015 އިން ފެށިގެން ކުރިއަށްދާ ޔަމަނުގެ ދާހިލީ ހަނގުރާމައިގާ ހޫތީންނަށް ވާގިވެރިވަނީ އިރާނުންނެވެ. ސަރުކާރަށް ވާގިވެރިވަނީ އަރަބި ކޯލީޝަނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް