ލޯބިވެރިންގެ ދުވަސް ފާހަގަކުރުން ކަނޑައެޅިގެން ހަރާމް !

ޔަހޫދީންނާއި ނަޞާރާއިންނަށް ޙާއްސަ ދުވަސްތަކާއި މުނާސަބާތްތައް ފާހަގަ ކުރުން މުސްލިމުންގެ މެދުގައި މިވަނީ މިއަދު އާދައަކަށް ވެފައެވެ. ފަހު ޒަމާނުގައި މިކަން މިގޮތަށް ހިނގާނެ ކަމަށް، ކައު އިތުރު ނަބިއް...

13 Feb 2018 | 22:36

ޔަހޫދީންނާއި ނަޞާރާއިންނަށް ޙާއްސަ ދުވަސްތަކާއި މުނާސަބާތްތައް ފާހަގަ ކުރުން މުސްލިމުންގެ މެދުގައި މިވަނީ މިއަދު އާދައަކަށް ވެފައެވެ.

ފަހު ޒަމާނުގައި މިކަން މިގޮތަށް ހިނގާނެ ކަމަށް، ކައު އިތުރު ނަބިއްޔާ މުޙައްމަދު (ސ.އ.ވ) ވަނީ ހަދީޝް ކުރައްވާފައެވެ.

އާއަހަރާއި، އުފަންދުވަހާއި، ވެލަންޓައިންސް ޑޭ ނުވަތަ ލޯބިވެރިންގެ ދުވަހުގެ އިތުރުން "ކްރިސްމަސް ޑޭ" ފާހަގަ ކުރާތަން އިސްލާމީ މުޖްތަމަޢުތަކުން މިއަދު މިދަނީ ފެންނަމުންނެވެ. ކޮންމެ އަހަރަކު ފެބްރުއަރީ 14 ވަނަ ދުވަހު "ޥެލަންޓައިންސް ޑޭ" ފާހަގަ ކުރުމަށްޓަކައި މުސްލިމް ޒުވާނުން ހޭބޯ ނާރައިގެން އުޅޭކަމީ ހިތާމަ ކުރަންޖެހޭ ކަމެކެވެ. މި ދުވަހަކީ ޔަހޫދީން ފާހަގަ ކުރަމުން އަންނަ، ކަނޑައެޅިގެން ބާތިލް ޢީދެކެވެ.

ވެލަންޓައިންސް ޑޭ ނުވަތަ ލޯބިވެރިންގެ ދުވަހުގެ ހަޤީޤތަށް ބަލާއިރު، ތާރީޚު ބުނާގޮތުން މި ދުވަސް އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ މީގެ 17 ގަރުނު ކުރިން ރޫމިންގެ ތެރޭގައެވެ. ނަޞާރާ ދީނުގެ ފާދިރީއެއް ކަމަށްވާ ވެލަންޓައިން އަށް ނިސްބަތްކޮށެވެ.

އެމްޕެރާ ކްލައުޑިސް 2ގެ ރަސްކަމުގައި ހަނގުރާމައިގައި ބައިވެރިވާ ސިފައިންނާއި ކައިވެނި ކުރުން މަނާކުރިއެވެ. ނަމަވެސް، ވެލަނަޓައިން ކިޔާ ކިޔާ މި ފާރިދީ އެ ހަނގުރާމަތަކުގެ ބައިވެރިންނަށް ކައިވެނިތަށް ކޮއްދެމުން ދިޔައެވެ. މިކަން ފަޅާ އެރުމާއިއެކު ވެލަންޓައިން މަރާލަން ހުކުމް ކުރެވި ޖަލަށް ލެވުނެވެ. ނަޞާރާ ދީނުގައި ފާރިދީންނަށް ލޯބި ވުމަކީ ޚަރާމް ކަމެއް ކަމުގައި ވީ ނަމަވެސް، މި ވެލަންޓައިން ކިޔާ ފާރިދީ ޖަލު ބަލަހައްޓާ މީހާގެ އަންހެން ދަރިޔާއި ލޯބީގެ ގޮތުން ސިއްރު ގުޅުމެއް ބޭއްވިއެވެ.

ދެން އެންޕެރާ ކްލައުޑިސް 2 އޭނާއަށް ހުށައެޅީ ނަޞާރާ ދީން ދޫކޮށް ބުދު ދީނަށް ވަނުމަށެވެ. އެގޮތަށް އެކަން ކޮއްފިނަމަ އޭނާގެ އަންހެން ދަރިޔާއި ކައިވެނި ކޮއްދިނުމުގެ އިތުރަށް އެތަށް އިނާޔަތްތަކެއް ދޭނެކަމަށް ވަޢުދުވިއެވެ. ނަމަވެސް ވެލަންޓައިން މިކަމާއި އިންކާރުކޮށް ދެކޮޅުހެދިއެވެ. ނަތީޖާއެއްވެ ގޮތުން މީލާދީން 270 ވަނަ އަހަރުގެ ފެބްރުއަރީ މަހު 14 ވަނައަށް ވީ ދުވަހު، ވެލަންޓައިން މަރާލެވުނެވެ. މަރާލެވުމުގެ ކުރިން ވެލަންޓެއިން އޭނާގެ ލޯބިވެރިޔާއަށް ނޯޓް ކޮޅެއް ލިޔެފައިވެއެވެ. އޭގައި ވަނީ "ލޯބިވާ ވެލަންޓައިންގެ ފަރާތުން" މިހެންނެވެ. އަދި އޭނާގެ ފަރާތުން ލިބުނު، ލޯތްބާއި އަޅާލުމަށް ޝުކުރު އަދާކޮއްފައިވެއެވެ.

އެހެން ކަމުން ކޮންމެ އަހަރަކުވެސް ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ޢައިރު މުސްލިމުން 14 ފެބްރުއަަރީ ފާގަކުރަމުންދެއެވެ. މީގެ ތެެރެއަށް މުސްލިމުން ވަންނަން މެދުވެރިވި ސަބަބަކީ އިސްލާމީ ޢަަގީދާ ބަލިކަށިވެ ސަޤާފަތް މުސްލިމުންގެ ތެރެއިން ނެތިދިއުން ކަމުގައި ދީނީ އިލްމުވެރިން ބުނެއެވެ.

ކަން މިހެން ހުރުމާއިއެކު މިދުވަސް އެއްވެސް ސިފައެއްގައި ފާހަޤަ ކުރުމަކީ ހަރާމް ކަމެއްކަން ތަކުރާރުކޮށް ފާހަގަ ކޮށްލަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް