ސިނގިރޭޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގެންފި

ސިނގިރޭޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރުމަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަލައިގެންފި އެވެ. ބިލު ބަލައިގެންނަން ވޯޓަށް އަހާފައިވަނީ ސިސްޓަމްގައި ޖެހުނު މައްސަލައ...

14 Feb 2017 | 09:39

ސިނގިރޭޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރުމަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަލައިގެންފި އެވެ.

ބިލު ބަލައިގެންނަން ވޯޓަށް އަހާފައިވަނީ ސިސްޓަމްގައި ޖެހުނު މައްސަލައެއް ހައްލު ނުވުމުން އަތް ނަގައިގެންނެވެ.

ބިލް ބަލައިގަތުމަށް 51 މެންބަރުން ތާއީދު ކުރެއްވި އެވެ. ދެކޮޅަށް ނުވަ މެންބަރުން ވޯޓުދެއްވި އިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިން މެންބަރުން ތިއްބެވެ.

ބިލް ބަލައިގަތުމަށް ފަހު ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މުޅި މަޖިލީސް ހިމެނޭ ކޮމިޓީއަށެވެ. އެކްސްޕޯޓު އިމްޕޯޓު ގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ.

އާމިރު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކުން ލީޓަރަކަށް 4.60ރ. ނަގަން ވަނީ ކަނޑައަޅައިފަ އެވެ. އަދި މިހާރު ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގާ 1.25ރ. ގެ ބަދަލުގައި 2ރ. ނަގަން ހުށަހަަޅާފައިވެ އެވެ.

މި އިސްލާހު ސަރުކާރުން ހުށަހަޅާފައިވަނީ މިއަހަރުގެ ބަޖެޓުގައި މި ދެ ބާވަތުން ނަގާ ޑިއުޓީ ބޮޑު ކުރަން ނިންމައި އެކަން ބަޖެޓުގައި ހިމަނާފައި ވާތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް