ދެކުނުގެ ހަތަރު އަތޮޅަށް ޔެލޯ އެލާޓު ނެރެފި

ގދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓު ނެރެފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މިރޭ 11:30 ން ފެށިގެން މެނ...

14 Jan 2020 | 18:41

ގދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މިރޭ 11:30 ން ފެށިގެން މެންދަމު 2:30 އާއި ދެމެދު އެ ސަރަހައްދަށް މޫސުން ގޯސްވާނެ އެވެ. އެގޮތުން ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެ އެވެ.

މިރޭ އިރާކޮޅު އެ ސަރައްހަށް މެޓް އޮފީހުން ނެރެފައި އޮތީ ވައިޓް އެލާޓެވެ.

ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް ނަމަވެސް އެހެން ސަރަހައްދު ތަކުގެ މޫސުން ރަނގަޅުވާނެ އެވެ. ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ އުތުރާއި އިރުއުތުރުން ގަޑިއަކު ހަ މޭލާއި 16 މޭލާ ދެމެދުގެ ބާރު މިނުގައި އެވެ.

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް