މި މަހުގެ ނުވަނަ ވަނަ ދުވަހު، ފޮރިން މިނިސްޓްރީ ކައިރީގައި ހިންގި މާރާމާރީއާއި ގުޅިގެން އިތުރު ހަ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެ މާރާމާރީ ހިންގި މީހުންގެ ތެރެއިން، ކޯޓު އަމުރެއްގެ ދަށުން ޖުމްލަ އަށް މީހަކު މިހާރު ވަނީ ހައްޔަރު ކުރެވިފައިކަމަށެވެ. އޭގެ ތެރެއިން ހަ މީހުން ހައްޔަރު ކުރެވިފައިވަނީ މިއަދު ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މާރާމާރީއާއި ގުޅިގެން އަށް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާއިރު މިއަދު ހަވީރުވެސް އެފަދަ މާރާމާރީއެއް މާލޭގައި މިވަނީ ހިންގާފައެވެ. މިއަދުގެ މާރާމާރީގައި އަނިޔާވެފައިވަނީ 23 އަހަރުގެ ޒުވާނަކަށެވެ. މިއަދުގެ މާރާމާރީއާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް