މިއަދުވެސް ރޯމާ ދުވާލު މާލޭގައި ބޮޑު މާރާމާރީއެއް ހިންގައިފިއެވެ. މި މާރާމާރީގައި 23 އަހަރުގެ ދިވެހި ފިރިހެނެކަށް ވަނީ އަނިޔާވެފައެވެ.
މި މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ފެންނަނީ ގާތްގަނޑަކަށް އަށް މީހަކު އެކަކަށް އަނިޔާ ކުރާ މަންޒަރެވެ. ފުލުހަކު ދިއުމުން އެމީހުން ދުވެ ފިލައެވެ. އެއް ބަޔަކު ފިލަނީ ސައިކަލަށް އަރައިގެންނެވެ.
މިކަމާއިމެދު ފުލުހުން ބުނެފައިވަނީ މިއަދު ހަވީރު 4:19 ހާއިރު ބޮޑުތަކުރުފާނުމަގުގައި ހުރި USD އޭޓީއެމް ކައިރީގައި ގްރޫޕް މާރާމާރީއެއް ހިންގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
"މި މާރާމާރީގައި 23 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ މި މާރާމާރީއާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށާއި މި މައްސަލައިގާ ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް