ފުލުހުން މި އަހަރަށް ކަނޑައެޅި ޓްރެފިކް ހޭޝްޓެގް #މަގޭޒިންމާ ލޯންޗުކޮށްފި

މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް މޯލްޑިވްސް  ޕޮލިސް ސަރވިސްއިން 2020 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޓްރެފިކް ހޭޝްޓެގް #މަގޭޒިންމާ #MageyZinma ލޯންޗު...

14 Jan 2020 | 14:08

މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް މޯލްޑިވްސް  ޕޮލިސް ސަރވިސްއިން 2020 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޓްރެފިކް ހޭޝްޓެގް #މަގޭޒިންމާ #MageyZinma ލޯންޗުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން ދެއްކެވި ވާހަކަފުޅުގައި، ޓްރެފިކްގެ ޤަވާއިދުތަކަށް ރައްޔިތުން އަހުލުވެރިކުރުވައި ހޭލުންތެރިކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް ސައްހަ މަޢުލޫމާތު ފޯރުކޮށްދިނުމަކީ މުހިންމުކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އެ މަޢުލޫމާތަކީ ރައްޔިތުންނަށް ފަސޭހައިން އޮޅުންފިލާގޮތަށް ދެވޭ މަޢުލޫމާތަކަށް ހެދުމުގެ އިތުރުން ޓްރެފިކްގެ ޤަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން އެއީ އެންމެފަހު ކަމަކަށް ހެދުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކަތެރިކަމަށް ހޭލުންތެރިކުރުމަށް ކުރިއަށް ގެންދާ ކެމްޕޭންގެ ދަށުން މި ހޭޝްޓެގް މިއަދުން ފެށިގެން ބޭނުންކުރަމުން ގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްގެ އިތުރުން ސެންޓްރަލް ޕޮލިސް ކޮމާންޑްގެ އިސްވެރިންނާއި ޓްރެފިކް ޑިޕާޓްމަންޓްގެ އިސްވެރިންގެ އިތުރުން އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ އިސްވެރިއެއް ބައިވެރިވެލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް