ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްގެ އިސްތިއުނާފު ޝަރީއަތް މި މަހުގެ 28 ވަނަ ދުވަހު ބާއްވާ ގޮތަށް ހައި ކޯޓުގައި ތާވަލުކޮށްފި އެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެމަނިކުފާނުގެ އިސްތިއުނާފު ޝަރީއަތް މި މަހުގެ 28 ވަނަ ދުވަހު ބާއްވާން ހަމަޖެހިފައިވާ ކަން ހައި ކޯޓުން އަންގާފައިވާ ކަމަށް ކަށަވަރުކޮށްދީފަ އެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގެ އިސްތިއުނާފު ކުރި އެވެ.
އެ މައްސަލާގެ ޝަރީއަތް މި މަހުގެ 28 ވަނަ ދުވަހު ފަށާއިރު، އިސްތިއުނާފު މައްސަލާގައި ކޯޓުން ގޮތެއް ނިންމަން ދެން ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ހުށަހަޅާފަ އެވެ.
ޔާމީނަށް ތާއީދު ކުރާ އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ކޯލިޝަނުން ގަބޫލު ކުރަނީ އެމަނިކުފާނަށް އިއްވީ ނުހައްގު ހުކުމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް