ކަނޑުތަކުގެ ދިރުންތައް ދެމެހެއްޓުމާ އެކު އެ ދިރުންތަކުން ފައިދާ ހޯދުމަށް އެހީތެރިވެދޭން މަސައްކަތްކުރާ "ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން" އިން ރާއްޖޭގައި ފެށި ދިރާސާ އަަކީ ކަނޑުތަކުގެ ބޯހިމެނުމެއް ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ ދިރާސާ ފެށުމަށް ހދ. ނޭކުރެންދޫގައި މިއަދު ބޭއްވި ރަަސްމިއްޔާތުގައި ރައީސް ވިދާޅުވީ މި ދިރާސާ އަކީ ކަނޑުތަކުގެ ދިރުންތަކާ ބެހޭ ގޮތުން ރާއްޖޭގައި މިހާތަނަށް ކުރާ އެންމެ ބޮޑު ދިރާސާ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މަސްމަހާމެއްސާއި ދިރުންތަކުގެ އަދި ފަރުތަކާއި މުރަކަ އާއި އެންދެރި އާއި އެހެން ތަކެތީގެ ސްޓޮކެއް ނަގާނެ ކަމަށެވެ.
ތަރައްގީ ގެންނަން ޖެހޭނީ ރާއްޖެގެ ގުދުރަަތީ ވަސީލަތްތައް ރައްކާތެރި ކުރެވޭ ގޮތަށް ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް މިއަދު ވެސް ތަކުރާރު ކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ފިޝަރިޒް މިނިސްޓަރު ޒަހާ ވަހީދު އަދި ނޭކުރެންދޫ ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް