އައްޑޫ ސިޓީގެ ދަމަނަވެށިން ގެއްލުނު ވެކްސިން އާ ގުޅުން ހުރި އެ އިދާރާގެ ތައްގަނޑު ހުވަދޫ އަތޮޅު ފަޅުރަށަކުން ހޯދައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން މިއަދު ބުނެފައިވާގޮތުގައި ޑިސެމްބަރު 26ގައި ގެއްލުނު އެ ތައްގަނޑު ފެނިފައިވަނީ ޖަނަވަރީ ހަތަރުވަނަ ދުވަހު ގދ. ކުރިކޭމާހުއްޓާ ނަމަކަށްކިޔާ ފަޅުރަށަކުން ފެނިފައިވާކަމަށް މިއަދު ފުލުހުންނަށް މައުލޫމާތު ލިބިފައިވާކަމަށެވެ.
އެކަމާބެހޭ އިތުރު ތަފްސީލެއް ފުލުހުން މިއަދު ހާމަކޮށްފައެއް ނުވެއެވެ.
މި ތައްގަނޑު ގެއްލުނު މައްސަލަ ފެންމަތިވެފައިވަނީ އިއްޔެގައެވެ. މިކަން ފެންމަތިވީ ހިމަބިހި ފެތުރެންފެށި ހިސާބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް