ރާއްޖޭން ނައްތާލާފައިވާ ހިމަބިހި އަލުން ފެތުރެން ފެށި ފަހުން ތިން ވަނަ މީހަކަށް އެބަލި ޖެހުނުކަން މިއަދު އެނގިއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނީ މިއަދު ހިމަބިއްސަށް ޓެސްޓުކުރި 10 މީހުންގެ ތެރެއިން އެކަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަަމަށެވެ
ހިމަބިހި ޖެހިގެން މިދިޔަ ހަފުތާގައި ފުރަތަމަ ފަރުވާ ދިނީ ތިން އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެއަށްފަހު 30 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިން ވެސް އެ ބަލި ފެނިފައިވެ އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ހިމަބިއްސަށް މީހަކު ޕޮޒިޓިވް ވި އިތުރު ކޭސް އަދި ފާހަގަވެފައި ނުވާ ކަމަށާއި އެކަމަކު، ހުން އައުމުގެ އަލާމާތްތައް ހުންނަ މީހުން އިތުރަށް ޓެސްޓް ކުރަމުން އަންނަ ކަަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް