ވަޑާން ކުރާ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މ.މުލަކުގައި ވަޑާމުގެ މަސައްކަތް ކުރާ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ 44 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށެވެ. ފު...

14 Jan 2020 | 08:21

މ.މުލަކުގައި ވަޑާމުގެ މަސައްކަތް ކުރާ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ 44 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށެވެ.

ފުލުހުން ބުނީ، ރޭ ފަތިހު 4:47 ހާއިރު، މުލަކުގައި ވަޑައިމުގެ މަސައްކަތް ކުރާ ގެއެއް ތެރޭގައި މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

ރިޕޯޓް ލިބުމުން ފުލުހުން އެ ގެޔަށް ގޮސް، ބެލިއިރު، އެމީހާގެ ވައިފަރާތު މޭމަތިން ވަރަށް ފުން ކޮށް ގާތްގަނޑަކަށް 9 އިންޗިއެއްހާ ތަން ކަފައިގެން ގޮސްފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ، އެމީހާ މުލަކު ސިއްހީ މަރުކަޒަށް ގެންދިޔައިރު، މަރުވެފައިވާ ކަމަށެވެ.

ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް