ވެކްސިން ޖެހުމާ ދެކޮޅަށް އާންމުންނަށް މައުލޫމާތުދޭ ވައިބާ ގްރޫޕާ ބެހޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ ވެކްސިން ޖެހުމާ ދެކޮޅަށް މައުލޫމާތު ދޭ ވައިބާ ގްރޫޕެއް ހަދައިގެން އުޅޭ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައި ވަނީ މިދިޔަ އަހަރު ކަމަށާއި އެކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކާ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.
ގާތްގަނޑަކަށް 1،600 މީހުން ތިބޭ އެ ވައިބާ ގްރޫޕުގައި ވެކްސިން ދިނުމާ ދެކޮޅު ވާހަކަތައް ފަތުރާ އިރު، ބައެއް މީހުން ވަނީ ވެކްސިނަކީ ދޭންޖެހޭ އެއްޗެއްކަން އެމީހުންނަށް ވިސްނައިދިނުމަށްވެސް މަސައްކަތްކޮށްފައެވެ.
މީގެ އިތުރުން މި ފަހުން ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ފަރާތްތައް ދެނެގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގެ ތެރެއިންވެސް ދަރިންނަށް ވެކްސިން ދިނުމަށް ދެކޮޅު ހެދި އާއިލާތަކެއްގެ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް