ރައީސުލްޖުމްހޫރިއްޔާ އުތުރުގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް އުތުރުގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުގެ ޓްވިޓަރގައި ރައީސް ސޯލިހަށް މަރުހަބާކިޔާ ފޮޓޯތައް އަޕްލޯޑުކޮށްފ...

14 Jan 2020 | 06:19

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް އުތުރުގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުގެ ޓްވިޓަރގައި ރައީސް ސޯލިހަށް މަރުހަބާކިޔާ ފޮޓޯތައް އަޕްލޯޑުކޮށްފައި ހުރިނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ އިން ބާއްވާ އުތުރު މަހާސިންތާއަށް ރައީސް ފުރާވަޑައިގެންފައިވާ އިރު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސްފަރާތްތަކުން ވަނީ އުތުރުގެ ރަށްތަކަށް ވަޑައިގެންފައެވެ.

އެގޮތުން ހއ. އަތޮޅުގެ ބައެއް ރަށްތަކަށް އިއްޔެ ވަޑައިގެންފައިވާ އިރު، ހދ. އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ވަޑައިގަތުމަށް ވަނީ ނިންމާފައެވެ.

އެމްޑީޕީ އިން ވަނީ ދެކުނު މަހާސިންތާ ވެސް ބާއްވާފައެވެ. ގއ. ވިލިނގިލީގައި މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ބޭއްވި އެ މަހާސިންތާގައި ލ. އަތޮޅު ކައުންސިލާއި ގދ. އަތޮޅު ކައުންސިލާއި ގއ. އަތޮޅު ކައުންސިލުން ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް