އެމްޑީޕީ ނޫން ބަޔަކަށް ވޯޓު ދީފިނަމަ އިންސާފު ގެއްލޭނެ: ނަޝީދު

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓު ދިނުމަކީ އިންސާފު ގެއްލޭނެ ކަމެއް ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ...

14 Jan 2020 | 06:02

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓު ދިނުމަކީ އިންސާފު ގެއްލޭނެ ކަމެއް ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ، ކެމްޕެއިނަށް ހދ. ހަނިމާދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް ދަންނަ ނިޒާމެއް ނޫން ކަމަށާއި އެ ބޭފުޅުންނަށް އެކަމެއް ނުކުރެވޭނެ ކަމަށެވެ.

ލާމަރުކަޒީ ނިޒާމް އަލުން ގެނައީ އެމްޑީޕީ ކަމަށާއި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓު ދިނުމަކީ މުޅި އިންސާފު ގެއްލޭނެ ކަމެއް ކަަމަށް ވެސް ރައީސް ނާޝީދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން އަންނަނީ ވަރަށް ފޯރިއާއެކު ކެމްޕޭނު ކުރަމުންނެވެ. އެގޮތުން މިހާރު ވަނީ އަތޮޅުތަކަށް ދަތުރުތައްވެސް ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް