މަސައްކަތްނުކުރާ މިނިސްޓަރުން ވަކި ކުރެވޭނެ: ބޮންޑާ

ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތްނުކުރާ މިނިސްޓަރުން ވަކިކުރެވޭނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ. "ސީއެންއެމް" ޓީވީއަށް...

14 Jan 2020 | 05:57

ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތްނުކުރާ މިނިސްޓަރުން ވަކިކުރެވޭނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.

"ސީއެންއެމް" ޓީވީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި އެބޭފުޅާ ވިދާޅުވީ، ބައެއް މިނިސްޓަރުންގެ ފަރާތުން ރައްޔިތުން ގަބޫލު ކުރާ ފަދަ އެކަށީގެންވާ މަސައްކަތްތަކެއް ކުރާ ތަން ނުފެންނަ ކަމަށެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ، ހައްގު މިންވަރު ނުލިބެނީ ކޯލިޝަނާއި ހެދި ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަކީ ދަމާލި ރޮނގެއް ކަމަށެވެ. އަދި މަސައްކަތް ނުކުރާ ވަޒީރުން ވަކިކުރެވޭނެ ކަމަށާއި، ކަންކަން ކުރަންޖެހޭނީ ކެތްތެރިކަމާއި އެކުކަމަށް ވިދާޅުވި އެވެ.

އެގޮތުން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބޭކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން އިބްރާހިމް ރަޝީދް ވިދާޅުވީ ހައުންސިން މިނިސްޓަރު އާތިފާއަށް އެ މަސައްކަތްތައް އެންމެ ރަނގަޅުގޮތުގައ ނުކުރެވޭކަމަށެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ، ބަންޑާރަނައިބުގެ މައްސޫލިޔަތަކީ ޤާނޫނުތައް ޑްރާފްޓްކޮށް މަޖިލީހަށް ފޮނުވުންކަމަށާއި، އެހެން ނަމަވެސް އެކަންކަން ނުކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް