ރައީސް ނަޝީދަކީ މުނާފިގެއްގެ ގޮތުގައި ޝައިޚް އިލްޔާސް ސިފަކުރައްވައިފި

ރާއްޖޭގެ ކުރީގެ ރައީސް، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ މުނާފިގެއްގެ ގޮތުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސެއިން ސިފަކުރައްވައިފިއެވެ. ޝައިޚް...

14 Jan 2020 | 05:53

ރާއްޖޭގެ ކުރީގެ ރައީސް، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ މުނާފިގެއްގެ ގޮތުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސެއިން ސިފަކުރައްވައިފިއެވެ.

ޝައިޚް އިލްޔާސް އެގޮތަށް ސިފަކުރައްވާފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ސީދާ ރައީސް ނަޝީދުގެ ނަން ގެނެސްފައެއް ނުވެއެވެ. ނަމަވެސް އެއީ ރައީސް ނަޝީދަށް އަމާޒުކޮށްފައިވާ ޓްވީޓެއްކަން ދޭހަވެއެވެ.

އެ ޓްވީޓްގައި ޝައިޚް އިލްޔާސް ވިދާޅުވެފައިވަނީ  ސަޕޯޓު ހޯދަން ނުވަތަ ވޯޓު ހޯދަންވިޔަސް ދެ ފަރާތުން އެއްބަސްވާ ވައުދުތަކާ އަހްދުތައް އުވާލަން އުޅުމީ ބޮޑު އޮޅުވާލުމެއް ކަމަށެވެ.

"އަދި އެއީ އަމާނާތްތެރި މުސްލިމުންގެ ސިފައެއް ނޫން، އެއީ މުނާފިގުންގެ ސިފައެއް" ޝައިޚް އިލްޔާސް ވިދާޅުވެފައިވެއެވެ.

އެއީ މުޖްތަމައުގައި ފަސާދަ އުފެއްދުމެއް ކަމަށާއި މިކަމާ ރައްޔިތުން ފުންކޮށް ވިސްނަންޖެހޭކަމުގައިވެސް ޝައިޚް އިލްޔާސް ވިދާޅުވެފައިވެއެވެ.

https://twitter.com/shkilyas/status/1216729593349955584

ޝައިޚް އިލްޔާސް މިހެން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ކުރަމުން އަންނަ ކެމްޕޭނުތަކުގައި ރައީސް ނަޝީދު އެންމެ ބޮޑަށް ދައްކާ އެއް ވާހަކައަކީ ކޯލިޝަން އޮތުމުން ސަރުކާރަށާ ރައްޔިތުންނަށް ވާ ގެއްލުމުގެ ވާހަކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް