އިތުުރު ބަސް ސްޓޮޕްތައް ގާއިމު ކުރަނީ

މާލޭގެ އެކި ހިސާބުތަކުގައި ބަސް ސްޓޮޕްތައް ގާއިމް ކުރަން ވިސްނަމުންދާ ކަމަށް ބަސް އޮޕަރޭޓް ކުރަމުން އަންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ. އެނގިފައިވާ ގޮތުގައި ސެނަހިޔާ ކައިރ...

14 Jan 2020 | 05:06

މާލޭގެ އެކި ހިސާބުތަކުގައި ބަސް ސްޓޮޕްތައް ގާއިމް ކުރަން ވިސްނަމުންދާ ކަމަށް ބަސް އޮޕަރޭޓް ކުރަމުން އަންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެނގިފައިވާ ގޮތުގައި ސެނަހިޔާ ކައިރިންނާއި ބޮޑު ތަކުރުފާނު މަގުގެ އެހެން ސަރަހައްދުތަކުގައި އިތުރު ބަސް ސްޓޮޕްތައް ގާއިމް ކުރަން ވަނީ މަޝްވަރާކޮށްފަ އެވެ.

މާލެ ސިޓީ ކައުންސިލުގެ މެމްބަރު ޝަމާއު ޝަރީފު ކުރިން ވިދާޅުވީ ކާނިވާ ސަރަހައްދުގައި ބަސް ސްޓޮޕެއް ގާއިމް ކުރަން ނިންމީ އެ ހިސާބުގައި ހުންނަ އޮފީސްތަކުގައި އުޅޭ މީހުންނަށާއި އެ ހިސާބުގައި ދިރިއުޅޭ ފަރާތްތަކުން ހުޅުމާލެއިން މާލެއަށް ދަތުރު ކުރުމަށް ލުއި ފަސޭހަ ކޮށްދޭށެވެ.

އެމްޕީއެލް އިން އޮޕަރޭޓް ކުރަމުން އަންނަ ބަސްތައް މިހާރު ދަތުރު ކުރާ ރޫޓަކީ ހަމައެކަނި ބޮޑު ތަކުރުފާނު މަގުގައި ހުންނަ ރޫޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް