މަންޓާއިން ދެ ދިވެހިންނަށް ސްކައިޑައިވް ކުރުމުގެ ފުރުސަތުދެނީ

ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ސިނާއަތުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަންޓާ އެއާއިން ދެ ދިވެހިންނަށް ސްކައިޑައިވްކުރުމުގެ ފުރުސަތު ދިނުމަށް ނިންމައިފިއެވެ މި ފުރުސަތު އެ އެއާލައިނުން ދިނ...

14 Jan 2020 | 04:52

ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ސިނާއަތުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަންޓާ އެއާއިން ދެ ދިވެހިންނަށް ސްކައިޑައިވްކުރުމުގެ ފުރުސަތު ދިނުމަށް ނިންމައިފިއެވެ

މި ފުރުސަތު އެ އެއާލައިނުން ދިނުމަށް ހަމަޖެހިފައިވަނީ ފޭސްބުކް ޕްރޮމޯޝަނެއްގެ ދަށުންނެވެ. މަންޓާއިން މައުލޫމާތު ދޭގޮތުގައި ނަސީބުން ހޮވޭ އެއް ފަރާތަށާއި އިތުރު ފަރާތަކަށް ދެ ސްކައިޑައިވްއާއި، އެ އެއަރލައިންގެ ފަރާތުން ދެކޮޅު ޓިކެޓް ލިބިގެންދާނެއެވެ.

ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް އިއުލާނު ކުރާނީ ޖެނުއަރީ 31 ވަނަ ދުވަހުގަ އެވެ.

މީގެން ހޮވޭ ދެ ފަރާތަކަށް އަންނަ މަހު ގއ.ކޫއްޑޫގައި އޮންނަ ސްކައިޑައިވް މޯލްޑިވްސް ހަަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ހަރަކާތުގައި ދުނިޔޭގެ 20ގައުމަކުން 300އަށްވުރެ ގިނަ ސްކައިޑައިވަރުން ބައިވެރިވާާނެއެވެ.

ންޑެމް ސްކައިޑައިވިންގްގައި އެކަން ކުރަނީ ހާއްސަ ހާނެސްއަކާއި ދެމީހުންނަށް އެކުގައި ސްކައިޑައިވް ކުރެވޭ ފަދަ ދެ ޕެރެޝޫޓް ސިސްޓަމެއް ބޭނުންކޮށްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް