ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުް (ވީއައިއޭ)އިން ކަރަންޓު ކެނޑިއްޖެ އެވެ.
އެއަޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ އެއާޕޯޓުން ކަރަންޓު ކެނޑިފައިވާ ކަމަށާއި ކަރަންޓު ކެނޑެން ދިމާވި ސަބަބު ދެނެގަނެ އެއާޕޯޓަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ
ފަތުރުވެރިކަމުގެ ހައި ސީޒަނަށް ވާއިރު މިއީ އެއާޕޯޓަށް ބާރު ބޮޑު ދުވަސްވަރެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގިނަ ބަޔަކު ފުރަންގޮސް ތިބި އިރު ޗެކް އިންވެސް ހުއްޓިފައިވާ ކަމަށް އެއާޕޯޓުގައި ތިބި މީހުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
މިދިޔަ މަހުގެ ތެރޭގައިވެސް ބާރުބޮޑު ވަގުތެއްގައި އެއާޕޯޓުން ވަނީ ކަރަންޓު ކެނޑިފައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް