ޕަބްޖީ ކުޅުނު އިންޑިއާގެ ފިޓްނަސް ޓްރޭނަރަކު ދުނިޔޭން މޮޔަވެއްޖެ

ރާއްޖޭގައިވެސް ގިނަ ބަޔަކު ކުޅެމުން އަންނަ ގޭމެއް ކަމުގައިވާ ޕަބްޖީ (ޕްލޭޔާ އަންނައުންސް ބެޓަލް ގްރައުންޑް) ކުޅުނު އިންޑިއާގެ ފިޓްނަސް ޓްރޭނަރަކު ދުނިޔޭން މޮޔަވެ ފަރުވާ ދޭން ފަށައިފިއެވެ. އިންޑިއާގެ ނ...

14 Jan 2019 | 15:11

ރާއްޖޭގައިވެސް ގިނަ ބަޔަކު ކުޅެމުން އަންނަ ގޭމެއް ކަމުގައިވާ ޕަބްޖީ (ޕްލޭޔާ އަންނައުންސް ބެޓަލް ގްރައުންޑް) ކުޅުނު އިންޑިއާގެ ފިޓްނަސް ޓްރޭނަރަކު ދުނިޔޭން މޮޔަވެ ފަރުވާ ދޭން ފަށައިފިއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އޭނާ މި ގޭމް ކުޅެން ފަށާފައިވަނީ މީގެ 10 ވަރަކަށް ދުވަސް ކުރިންނެވެ. އޭނާ ދުނިޔޭން މޮޔަވެ އަމިއްލަ ގައިގާ ތަޅާ އަމިއްލަ ނަފްސަށް އަނިޔާ ކުރާތީ އިންޑިއާގެ ޖައްމު އެންޑް ކަޝްމީރުގެ ހޮސްޕިޓަލެއްގައި މިހާރު ވަނީ އެޑްމިޓް ކޮށްފައެވެ.

އެ ހޮސްޕިޓަލުން ބުނެފައިވާގޮތުގައި އޭނާގެ ހާލަތު ވަރަށް ގޯހެވެ. އޭނާގެ މެންޓަލް ބެލެންސް ގެއްލިފައިވާކަމަށް ޑަކުޓަރުން ވަނީ ބުނެފައެވެ. އަދި އޭނާގެ ސިކުނޑީގެ ކޮންޓްރޯލް ވަނީ އެ ގޭމުގައި ކަމަށްވެސް ޑަކުޓަރުން ބުނެފައިވެއެވެ.

ޖައްމު ކަޝްމީރުގައި މިކަން ހިނގާފައިވާއިރު އެ ސަރަހައްދުގެ އާންމުން، މި ގޭމު އެ ސަރަހައްދުގައި މަނާކޮށްދިނުމަށް އެދި ގަވަރުނަރަށް ހުށަހަޅާފައިވާކަމުގައިވެސް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް