ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ކައުސިލްއާއި އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިރޭ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.
ޕީޕިއެމްގެ ކުއްލި ބައްދަލުވުން ބާއްވާނީ މިރޭ 8:30 ގައި ކަމަށް އެ ޕާޓީއިން ވަނީ މަޢުލޫމާތު ދެއްވާފައެވެ. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށް ދައުވާ ކުރުމަށްވެސް ޕީޕީއެމުން ވަނީ ނިންމާފައެވެ.
ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށް ދަޢުވާ ކުރަން ނިންމާފައިވާ ދެ މައްސަލައަކީ އެ ޕާޓީއަށް ފައިސާ ދޫނުކޮށް ހިފެހެއްޓި މައްސަލައާއި، ޕާޓީތަކުގެ ޕްރައިމަރީ ވަކި ތާރީހެއްގެ ކުރިން ބާއްވަން އިލެކްޝަންސް އިން އެންގި މައްސަލައެވެ.
ކުރީގެ ރައީސް ޔާމީނާއި، އެމަނިކުފާނަށް ތާއީދުކުރާ މެމްބަރުން ދަނީ އާޕާޓީއެއް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީ ގެ ނަމުގައި އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ އަބްދުލްރަހީމް އަބްދުﷲ ވަނީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނަގައި، ފޯމްވެސް ފުރިހަމަކޮށް ހުށަހަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް