ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު މާލެ އަތޮޅު ހިންމަފުއްޓަށް ވަޑައިގަންފިއެވެ.
ނައިބް ރައީސް ފައިސަލް ނަސީމް ހިންމަފުއްޓަށް މިއަދު ވަޑައިގެންނެވީ އެރަަށުގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ދާގޮތް ބަލައިލުމަށެވެ.
ހިންމަފުއްޓަަށް ކުރެއްވި މިޒިޔާރަތުގައި ނައިބް ރައީސް ފައިސަލް ނަސީމް ވަނީ، ޑްރަގް ޓްރީޓްމެންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތް ބަލައިލުމަށްފަހު، އެ ސެންޓަރުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާއި ވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ ތަނުގެ މިހާރުގެ ހާލު ބައްލަވައިލައްވަވާފައެވެ. އަދި އެސެންޓަރުގެ މުވައްޒަފުންގެ މަސައްކަތް ކުރިއަށް ދާގޮތް ވެސް ވަނީ އޮޅުންފިލުވާފައެވެ.
ނައިބް ރައީސް ފައިސަލް ނަސީމް، ހިންމަފުއްޓަށް މިކުރެއްވި ޒިޔާރަތުގައި، އެމަނިކުފާނު ވަނީ ހިންމަފުށީ ކައުންސިލަރުންނާއި ވެސް ބައްދަލުކުރައްވާފައެވެ. އަދި ހިންމަފުށީ ސުކޫލަށާއި އަދި ހެލްތް ސެންޓަރަށް ވެސް ވަނީ ޒިޔާރަތް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް