މެލޭޝިޔާގައި ކުޑަ ފިރެހެން ކުއްޖަކު އޭނާގެ ދައްތަ ރޭޕް ކޮށްފި

މެލޭޝިޔާގެ ސާދަ އަހަރުގެ ކުޑަކުއްޖަކު، އޭނާގެ ސޯޅަ އަހަރުގެ ދައްތަ ރޭޕް ކުރިކަމަށް މެލެޝިޔާގެ މެޖިސްޓްރޭޓް ކޯޓެއްގައި އެއްބަސްވެއްޖެއެވެ. އެހެންނަމަވެސް އަދި މިހާތަނަށް ކޯޓުން ވަނީ އެކުއްޖާގެ މައްޗަށް...

14 Jan 2019 | 08:19

މެލޭޝިޔާގެ ސާދަ އަހަރުގެ ކުޑަކުއްޖަކު، އޭނާގެ ސޯޅަ އަހަރުގެ ދައްތަ ރޭޕް ކުރިކަމަށް މެލެޝިޔާގެ މެޖިސްޓްރޭޓް ކޯޓެއްގައި އެއްބަސްވެއްޖެއެވެ.

އެހެންނަމަވެސް އަދި މިހާތަނަށް ކޯޓުން ވަނީ އެކުއްޖާގެ މައްޗަށް އެއްވެސް ހުކުމެއް ނުކޮށް މެލޭޝިޔާގެ ވެލްފެޔަރ ޑިޕާޓްމެންޓް  ބަހަކަށް މަޑުކޮށްފައެވެ.

ކޯޓްގައި އެކުށުގެ އަޑު އިއްވުންތައް ކުރިއަށް ދިޔައިރު އެތާ އެތެރެއަށް ވަންނަ މެލޭޝިޔާގެ މީޑިއާތަކަަށް ވެސް ފުރުސަތެއް ދީފައެއް ނުވެއެވެ. އަދި މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ރޭޕް ކުރި އަންހެން ކުއްޖާ ވަނީ ދުވަސް ނުފުރާ ކުޑަ އަންހެން ކުއްޖެއް ވިހާފައެވެ.

އިތުރަށް އެކުށް ތަހުގީގު ކުރުމަށް ޓަކައި މެޖިސްޓްރޭޓް ކޯޓްގެ ގާޒީ ވަނީ އަޑު އެހުންތައް މި އަންނަ ފެބްރުއަރީ މަހުގެ ވިއްސަށް ލަސްކޮށްފައެވެ. އެ އަންހެން ކުއްޖާ ރޭޕް ކޮށްލާފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނުވަތަ 2018 ވަނަ އަހަރުގެ މޭމަހުގައި ކަމަށް ލަފާ ކުރެވެއެވެ.

އަމިއްލަ އަންހެން ދައްތަ ރޭޕް ކުރުމުގެ ކުށުގައި އެކުއްޖާއަށް 30 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ލަފާ ކުރެވެއެވެ. އަޑު އެހުންތައް ކުރިއަށް ދިޔައިރު އެދެކުދިންގެ އާއިލާގެ ވަަރަށް ގިނަ ބަޔަކު ކޯޓު ސަރަހައްދަށް ޖަމާވެފައިވެއެވެ. އަދި އެ ފިރެހެން ކުއްޖާ ފުޓޯ މީޑިއާތަކުން ނަގަން ފެށުމުން އާއިލާއިން ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ.

އެއަންހެން ކުއްޖާ ކިޔަވަމުން ދިޔަ ސުކޫލުން ބުނި ގޮތުގައި އެކުއްޖާ ވިހަންދެން އެމީހުންނަށް އެކުއްޖާ ބަލިވެއިންކަމެއް ނޭގޭ ކަމަަށެވެ. އަންހެން ކުއްޖާ ވިހާފައިވަނީ ފާހާނާ ތެރެއަށެވ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް