އަމާނާ ތަކާފުލް (މޯލްޑިވްސް) ޕ.ލ.ކ ގެ މެޑިކަލް އިންސުއަރަންސް ކަސްޓަމަރުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލް މެދުވެރިކޮށް އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ޚިދުމަތްތަކަށް ކޭޝްލަސްގެ ޙިދުމަތް ތައާރަފްކޮށްފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލާއި އަމާނާ ތަކާފުލް ގުޅިގެން ތައާރަފްކުރި މި ޙިދުމަތުގެ ސަބަބުން އަމާނާ ތަކާފުލްގެ ކަސްޓަމަރުންނަށް އިންސުއަރަންސް ކާޑަށް، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޙިދުމަތް ލިބިގެންދާނެ ކަމަށާއި ދިވެހިރާއްޖޭގައި މެޑިކަލް އިންޝުއަރަންސް ބާޒާރުގެ އިސް ފަރާތެއްގެ ހައިސިއްޔަތުން އަމާނާ ތަކާފުލް އިން އަބަދުވެސް ބަލަނީ މި ޙިދުމަތުގެ ކަވަރޭޖް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމަށް ކަމުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި މިއަދު ޓްރީ ޓޮޕް ހޮސްޕިޓަލާއި އަމާނާ ތަކާފުލް ގުޅިގެން މި ތައާރަފް ކުރެވުނު ޙިދުމަތުގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ މަތީ ފެންވަރުގެ ސިއްޙީ ފަރުވާ، އެއްވެސް ދަތިކަމަކާ ނުލާ ޓްރީ ޓޮޕް ހޮސްޕިޓަލް އިން ލިބިގެންދާނެއެވެ.
އެ ހޮސްޕިޓަލުން މައުލޫމާތު ދެއްވާގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލްގެ އަމާޒަކީ ޙިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ދެމުން ގެންދިއުމެވެ. މި ހޮސްޕިޓަލުގެ ހުރިހާ ޙިދުމަތްތަކުގެ އަގުތަކަށް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސް އަދި އާސަންދައިގެ އިތުރުން އެހެނިހެން އިންޝުއަރަންސް ލިބޭގޮތަށް ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް