ހުޅުމާލޭގެ ދެ ސަރަހައްދެއްގައި މާރާމާރީ ހިންގައި، ބަޔަކު ޒަހަމް ކޮށްލައިފިއެވެ.
ފުރަތަމަ މާރާމާރީ ހިންގައިފައިވަނީ ރޭ 12:30 ހާއިރެވެ. މި މާރާމާރީގައި ޒަހަމް ކޮށްލައިފައިވަނީ އުމުރުން 23 އަހަރުގެ ޒުވާނެކެވެ. މައުލޫމާތު ލިބޭގޮތުގައި، އެޒުވާނާ ސައިކަލެއްގައި ދަނިކޮށް، މީހަކު އޭނާގެ ގައިގައި ޖެހުމުގެ ސަބަބުން އެވަގުތު އޭނާ ދުއްވަން އިން ސައިކަލު ކޮންޓުރޯލުން ނައްޓައިގެން ގޮސް ކައިރީގައި އޮތް ކާރެއްގައި ޖެހިފައި އޭނާ އެކްސިޑެންޓް ވިއެވެ. މި މާރާމާރީ ހިންގައިފައިވަނީ ހުޅުމާލޭ ފްލެޓް 122-125 ކައިރީގައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެޒުވާނާއަށް މާ ސީރިއަސް ޒަހަމް ތަކެއް ލިބިފައެއް ނުވެއެވެ. އަދި ފަރުވާ ދިނުމަށް ފަހު އޭނާ މިހާރު ވަނީ ގެޔަށް ދޫކޮށްލާފައެވެ.
ރޭ ހުޅުމާލޭގައި ހިންގި ދެވަނަ މާރާމާރީ ހިންގައިފައިވަނީ ސެންޓަރަލް ޕާކް ކައިރީގައެވެ. އޭނާއަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ. މައުލޫމާތު ލިބޭގޮތުގައި އެއީ 28 އަހަރުގެ ޒުވާނެކެވެ. އޭނާއަށް ލިބުނީ ކޮން ޒަހަމް ތަކެއް އަދި ނޭގުނު ކަމުގައިވިޔަސް އޭނާއަށް އަދިވެސް ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.
މިފަހަކަށް އައިސް ހުޅުމާލޭގައި މާރާމާރީ ފަދަ ކުށްތަށް ދަނީ އިތުރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް