ޑީސަލް އަދި ޕެޓްރޯލުގެ އަގު ހެޔޮކޮށްފި

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.  އެސްޓީއޯއިން ވަނީ، ޑީސަލް ލީޓަރަކުން ދެ ރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން އެއް ރުފިޔާ މިއަދުން ފެށިގެން ހެޔޮކޮށްފައެވެ. އެސްޓީއޯއިން ކުރި ޓް...

14 Jan 2019 | 05:10

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.  އެސްޓީއޯއިން ވަނީ، ޑީސަލް ލީޓަރަކުން ދެ ރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން އެއް ރުފިޔާ މިއަދުން ފެށިގެން ހެޔޮކޮށްފައެވެ.

އެސްޓީއޯއިން ކުރި ޓްވީޓެއްގައި ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަމުންދާނީ 10.19 ރުފިޔާ އަށް ކަމަށެވެ. އަދި ޑިސަލް ލިޓަރެއް ވިއްކާނީ 9.99 ރުފިޔާއަށް ކަމަށެވެ. އެސްޓީއޯއިން ބުނީ ތެޔޮ ވިއްކާ އަގު ހެޔޮކުރަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާއި ގުޅިގެން ކަމަށެވެ.

އެސްޓީއޯއިން ތެލުގެ އަގަށް ގެނައި މި ބަދަލާއެކު ޑީސަލުން ވަނީ 16 އިންސައްތައަށްވުރެ ބޮޑު އަދަދެއް އަގުން އުނިކުރެވިފައެވެ. އަދި ޕެޓްރޯލުން ވަނީ 8.9 އިންސައްތަ އަގު ދަށްކޮށްފައެވެ. މިއީ މި ފަހުގެ ތާރީހުގައި އެސްޓީއޯއިން ތެލުގެ އަގު އެންމެ ބޮޑަށް ހެޔޮ ކުރި ފަހަރެވެ. ރާއްޖޭގެ ބާޒާރުގައި އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ، މިދިޔަ އަހަރުގެ ނޮވެމްބަރު 13 ވަނަ ދުވަހު އެވެ.

ރާއްޖޭގައި މަސްވެރިންނަށް ވިއްކާ ޑީސަލް އަގުހެޔޮކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ ޑީސަލުން ޑިއުޓީ ކަނޑާލުމަށް ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ.

https://twitter.com/sto_mkt/status/1084534830266642437?s=19

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް