ފަލަވާ ވަރަކަށް ވަސް ބެލުމުގެ ހިއްސުގެ ބާރު ދަށްވޭ: ދިރާސާ

ފަލަވުމާއި ވަސް ބެލުމުގެ ހިއްސާ ގުޅުމެއް ވާކަން މީގެން ކުރިން މާ ފުޅާ ގޮތެއްގައި އެނގިފައެއް ނުވެއެވެ. ނަމަވެސް މި ދެކަމަކީ ވަރަށް ބޮޑު ގުޅުމެއް ވާ ދެކަންތައް ކަމުގައި ދިރާސާއަކުން މި ވަނީ ދައްކާފައެވ...

14 Jan 2019 | 02:41

ފަލަވުމާއި ވަސް ބެލުމުގެ ހިއްސާ ގުޅުމެއް ވާކަން މީގެން ކުރިން މާ ފުޅާ ގޮތެއްގައި އެނގިފައެއް ނުވެއެވެ. ނަމަވެސް މި ދެކަމަކީ ވަރަށް ބޮޑު ގުޅުމެއް ވާ ދެކަންތައް ކަމުގައި ދިރާސާއަކުން މި ވަނީ ދައްކާފައެވެ.

މި ދިރާސާއަކީ ނިއުޒިލޭންޑްގެ ޔުނިވާސިޓީ އޮފް އޮޓާގޯއިން ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. މި ދިރާސާގައި 1500 މީހުން ބައިވެރިކޮށްފައިވާއިރު މި ދިރާސާގެ ބޭނުމަކީވެސް މި ދެ ކަންތަކުގައި ގުޅުމެއްވޭތޯ ބެލުން ކަމުގައި ބުނެފައިވެއެވެ.

މި ދިރާސާ ކުރިއަށްގެންދިޔަ ޓީމުގެ މެމްބަރެއް ކަމުގައިވާ ޑރ. މެއި ޕެންގް ބުނެފައިވާގޮތުގައި އިންސާނާ ފަލަ ވާ ވަރަކަށް ވަސްބެލުމުގެ ހިއްސުގެ ބާރު ދަށްވާކަން މި ދިރާސާއިން ވަނީ ދައްކާފައެވެ. އަދި ހިކިކޮށް ތިބޭނަމަ ވަސް ބެލުމުގެ ހިއްސުގެ ބާރު ގަދަވާކަމަށްވެސް ދައްކާފައިވާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މި ދިރާސާ ހެދި ޓީމުން ބުނެފައިވާގޮތުގައި މިގޮތަށް ވާން މެދުވެރިވަނީ ފަލަވުމުގެ ސަބަބުން އިންސާނާގެ މެޓަބޮލިޒަމް އަށް ބަދަލުތަކެއް އަންނާތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް