ބޯޕާލުގައި އަންހެން ޓީޗަރުންތަކެއް ބޯ ބާލައިފި

އިންޑިއާގެ މަދްޔަޕްރަދޭޝް ސްޓޭޓްގެ ސިޓީއެއްކަމުގައިވާ ބޯޕާލުގައި އަންހެން ޓީޗަރުން ތަކެއް ބޯ ބާލައިފި އެވެ. މި އަންހެން ޓީޗަރުން ބޯ ބާލާފައިވަނީ އެ ޓީޗަރުން މިހާރު ކުރިއަށްގެންދާ މުޒާހަރާއެއްގެ ތެރެއި...

14 Jan 2018 | 14:23

އިންޑިއާގެ މަދްޔަޕްރަދޭޝް ސްޓޭޓްގެ ސިޓީއެއްކަމުގައިވާ ބޯޕާލުގައި އަންހެން ޓީޗަރުން ތަކެއް ބޯ ބާލައިފި އެވެ.

މި އަންހެން ޓީޗަރުން ބޯ ބާލާފައިވަނީ އެ ޓީޗަރުން މިހާރު ކުރިއަށްގެންދާ މުޒާހަރާއެއްގެ ތެރެއިންނެވެ. މި ޓީޗަރުން މުޒާހަރާ ކުރަމުން އަންނަނީ އަންހެން ޓީޗަރުންނާއި ފިރިހެން ޓީޗަރުންގެ މުސާރައިގެ ހަމަހަމަކަމަށް އެދެމުންނެވެ.

އަދި ޓްރާންސްފަރ ޕޮލިސީގައިވެސް އަންހެން ޓީޗަރުންނާއި ފިރިހެން ޓީޗަރުންގެ ދެމެދުގައި ގެންގުޅޭ ތަފާތު ތައް ނައްތައިލުމަކީވެސް މުޒާހަރާކުރާ އަންހެން ޓީޗަރުންގެ ޑިމާންޑެކެވެ.

މި މުޒާހަރާއަށް އެމީހުން ދީފައިވާ ނަމަކީ "އަދްޔާޕަކް އަދީކާރު ޔާތުރާ" އެވެ. މި މުޒާހަރާތައް ފަށާފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް