ގިނަ އަދަދެއްގެ ބަނގުރަލާއެކު މާލެއިން މީހަކު ހައްޔަރު ކޮށްފި

ޕިކަޕަކަށް އަރުވައިގެން ގިނަ އަދަދެއްގެ ބަނގުރާފުޅި ގެންދަނިކޮށް މާލެއިން މީހަކު ހައްޔަރު ކޮށްފި އެވެ. ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކަކާއެކު...

14 Jan 2018 | 13:33

ޕިކަޕަކަށް އަރުވައިގެން ގިނަ އަދަދެއްގެ ބަނގުރާފުޅި ގެންދަނިކޮށް މާލެއިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކަކާއެކު ހައްޔަރު ކޮށްފައިވަނީ 33 އަހަރުގެ ފިރިހެނެއް ކަމަށެވެ.

"މިމީހާ ހައްޔަރުކޮށްފައިވަނީ 8 ނަންބަރު ޖެޓީ ސަރަޙައްދުން ފޮށިގަނޑުތަކެއް ޕިކަޕަކަށް އަރުވައިގެން އަމީރު އަޙްމަދު މަގުން ދުއްވާފައި ދަނިކޮށް ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި" ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މިމީހާ އެވަގުތު އިން ޕިކަޕް ހުއްޓުވައި ބަލައިފާސްކުރިއިރު އެޕިކަޕް ތެރެއިން 132 ފުޅި ބަނގުރާ ފެނިފައިވާކަމަށާއި މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް