ސީޝެލްގެ މަސްބޯޓެއް ދިވެހި ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގައި ސިފައިން ހާމަކޮށްފި އެވެ.
މިކަމާއި ބެހޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ސިފައިންގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މި މަސް ބޯޓު ފެނުނީ ރާއްޖޭގެ ކަނޑުގެ އިގްތިސޯދީ ސަރަހައްދުގެ 38 ނޯޓިކަލް މޭލު ހުޅަނގުން ލ ކައްދޫ ބޭރުން ކަމަށެވެ.
"މި މަސް ބޯޓުގައި ސްރީލަންކާގެ ހަ މަސްވެރިއަކު ތިބި، މި ބޯޓު ފެނިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ރިޕޯޓް ކުރީ މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏަކުން" އާޒިމް ވިދާޅުވި އެވެ.
އާޒިމް އިތުރަށް ވިދާޅުވީ މި މަސްބޯޓު މިހާރު އޮތީ ކޯސްޓްގާޑް ބެލުމުގެ ދަށުގައި ކަމަށާއި މި ބޯޓު މިރޭ ދަންވަރު 01:00 ހާއިރު ލ ކައްދުއަށް ގެނެވޭނެ ކަމަށެވެ. އަދި މި ބޯޓު އެސްކޯޓު ކުރަމުން ދަނީ އެމްއެންޑީއެފްގެ ލޯންޗް، ފާސްޓަރ އިންޓަސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް