ކޮންޓްރެކްޓް މުވައްޒަފުންގެ މުސާރައިގެ ކަންކަން ދާދި އަވަހަށް ހަމަޖެހިގެންދާނެ: ހައުސިން މިނިސްޓްރީ

ހައުސިން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޕަބްލިކް ވޯކްސްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރަމުން އަންނަ ބައެއް މުވައްޒަފުންގެ މުސާރައިގެ މައްސަލަ ދާދި އަވަހަށް ހައްލުވެގެން ދާނެ ކަމަށާއި އ...

14 Jan 2018 | 08:33

ހައުސިން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޕަބްލިކް ވޯކްސްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރަމުން އަންނަ ބައެއް މުވައްޒަފުންގެ މުސާރައިގެ މައްސަލަ ދާދި އަވަހަށް ހައްލުވެގެން ދާނެ ކަމަށާއި އެކަން އަންނަނީ ގާތުން ބަލަމުން ކަމުގައި ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ހިއްސާ ކުރަމުން ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް، އަހުމަދު ފަޒާލް ވިދާޅުވީ އެ މުވައްޒަފުންގެ މުސާރައާއި ގުޅިގެން ހައުސިން މިނިސްޓްރީން ކުރަން ޖެހޭ އެންމެހާ މަސައްކަތްތަކެއް ވާނީ ކޮށްފައި ކަމަށާއި ލަސްވެގެން ދަނީ ބޭންކް އަދި އެމްއެމްއޭގެ މައްސަލައަކުން ކަމުގައި ބެލެވޭ ކަމަށެވެ. އަދި އެކަން ހައުސިން މިނިސްޓްރީން އަންނަނީ ގާތުން ބަލަމުން ކަމުގައި ފަޒާލް ވިދާޅުވި އެވެ.

ފަޒާލް އިތުރަށް ވިދާޅުވީ މުވައްޒަފުންގެ މުސާރައިގެ ކަންކަމަކީ ހައުސިން މިނިސްޓްރީން އަބަދުވެސް ވަރަށް އިސްކަންދީގެން ކުރާ މަސައްކަތެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް