ޕަބްލިކް ވޯކްސްގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބުމުގެ ޝަކުވާ ތަކެއް !

ހައުސިން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޕަބްލިކް ވޯކްސްގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުދެވި ދެ މަސް ވެފައިވާކަމުގެ މައުލޫމާތު ދުވަހަށް ލިބިއްޖެ އެވެ. އެގޮތުން ލ ފޮނަދޫގައި ހިންގަމުން އަންނަ...

14 Jan 2018 | 05:46

ހައުސިން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޕަބްލިކް ވޯކްސްގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުދެވި ދެ މަސް ވެފައިވާކަމުގެ މައުލޫމާތު ދުވަހަށް ލިބިއްޖެ އެވެ.

އެގޮތުން ލ ފޮނަދޫގައި ހިންގަމުން އަންނަ ޕަބްލިކް ވޯކްސްގައި ވަގުތީ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފަސް މީހަކަށް އަދި ހަމަ އެ އޮފީހުގައި ސެކިއުރިޓީންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ހަތަރު މީހަކަށް ނިމިދިޔަ ޑިސެމްބަރު މަހުގެ މުސާރަ އަދި ނުދޭ ކަމުގައި ދުވަހާއި މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.

މީގެ އިތުރުން ލ ގަމު ބްރާންޗުގެ ވަޒީފާ އަށް ނަގާފައި ތިބި ދެ މުވައްޒަފަކަށް މިދިޔަ ނޮވެމްބަރުގައިވެސް މުސާރަ ދީފައި ނުވާކަމުގައި ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.

ދުވަހަށް މައުލޫމާތު ހިއްސާކުރި މަސްދަރުން ބުނީ، އެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަނީ ލ ފޮނަދޫގައި ހުންނަ ބުރާންޗުގައި ނަމަވެސް އެ މުވައްޒަފުން ނަގާފައިވަނީ ދުވާފަރު ޕްރޮޖެކްޓަކަށް ކަމަށެވެ.

މިކަމާއި ބެހޭގޮތުން ދުވަހަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް، އަހުމަދު ފަޒާލް ވިދާޅުވީ މުސާރަ ލަސްވެގެން ގޮސްފައިވަނީ ބަަައެއް، ކޮންޓްރެކްޓް މުވައްޒަފުންގެ ކަމަށާއި އެކަން ދާދި އަވަހަށް ހައްލުވެގެން ދާނެ ކަަމަށެވެ.

އަދި އެކަމުގައި ހައުސިން މިނިސްޓްރީން ފޮނުވަންޖެހޭ ހުރިހާ ލިޔެކިޔުމެއް ވާނީ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައި ކަމަށާއި މުސާރަ ލަސްވަނީ ބޭންކް ތަކާއި އެމްއެމްއޭގެ މައްސަލައަކުން ކަމުގައި ބެލެވޭ ކަމަށެވެ. އަދި މިކަން ގާތުން ބަލަމުން އަންނަ ކަމުގައިވެސް ފަޒާލް ވިދާޅުވި އެވެ.

ފަޒާލް އިތުރަށް ވިދާޅުވީ މުވައްޒަފުންގެ މުސާރައިގެ ކަންކަމަކީ ހައުސިން މިނިސްޓްރީން އަބަދުވެސް ވަރަށް އިސްކަންދީގެން ކުރާ މަސައްކަތެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް