ދޯންޏެއްގެ ވަލުގައި ލޯންޗެއް އަޅައިގަނެ ދެ މީހަކަށް އަނިޔާވެއްޖެ

ލ އަތޮޅު ކައްދޫ ބޭރުގައި އެން ދަމަން އޮތް ދޯންޏެއްގެ ވަލުގައި ލޯންޗެއް އަޅައިގަނެ ހިނގި ހާދިސާއެއްގައި ދެމީހަކަށް އެކި ވަރުގެ އަނިޔާ ވެއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސ...

14 Jan 2018 | 05:33

ލ އަތޮޅު ކައްދޫ ބޭރުގައި އެން ދަމަން އޮތް ދޯންޏެއްގެ ވަލުގައި ލޯންޗެއް އަޅައިގަނެ ހިނގި ހާދިސާއެއްގައި ދެމީހަކަށް އެކި ވަރުގެ އަނިޔާ ވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މިއަދު ހެނދުނު 08:15ގައި ފުލުހުންނަށް މި ހާދިސާ ރިޕޯޓް ކޮށްފައިވާކަމަށެވެ.

ދުވަހަށް މައުލޫމާތު ހިއްސާކުރި މީހަކު ބުނީ ދޯނީގެ ވަލުގައި ލޯންޗު އަޅައިގަނެ، ދެމީހަކަށް އަނިޔާވީ ވާ ނައްޓާލުމަށް އުޅުމުގެ ތެރޭގައި ވިއްސައިގެން ދިއުމުން ކަމަށެވެ.

އަނިޔާވި ދެމީހުންނަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އެ ހޮސްޕިޓަލު ހިންގެވުމާއި ހަވާލުވެ ހުންނެވި، އެ ހޮސްޕިޓަލުގެ ޑިރެކްޓަރު އަބްދުﷲ ހަންނާން ވިދާޅުވީ މިއަދު ހެނދުނު 08:00 ގައި އެ ހޮސްޕިޓަލަށް ގެންދެވުނު ދެމީހަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި އެކެއްގެ ގައިވާ ވާ އޮޅި ފަޔާއި އަތް ކަނޑައިގެން ގޮސްފައިވާކަމަށާއި އަނެއް މީހާއަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެކެއްގެ ހާލުވެސް ސީރިއަސް ނޫން ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމުގައި ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް