ކުރީގައި ނަމަ، ސައުދީ ފިރިހެނުން ފުޓްބޯޅަ ކުޅޭ މަންޒަރު ބެލުމަށް ސްޓޭޑިއަމަށް ދިއުމަކީ ސައުދީ ކަނބަލުންނަށް މަނާ ކަމެކެވެ. ނަމަވެސް މިހާރު މިކަން މިވަނީ ބަދަލުވެ، ސައުދީ ކަނބަލުންނަށް އެ ހުއްދަ ދީފައި އެވެ.
މި ހުއްދަ އާއެކު އިއްޔެ ކުރިއަށްދިޔަ މެޗެއް ބެލުމަށް ސައުދީ ކަނބަލުން ވަނީ ދަނޑަށް ވަދެފައި އެވެ. ނަމަވެސް ސައުދީ ކަނބަލުންނަށް ވަކި ހާއްސަ ސަރަހައްދެއް ސްޓޭޑިއަމްގައި ކަނޑައަޅާފައި ވެ އެވެ.
މިކަމުގެ ހުއްދަ ސައުދީގެ ޖެނެރަލް ސްޕޯޓްސް އޮތޯރިޓީއަށް ދީފައިވަނީ ނިމިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެވެ. އެއާއެކު އެ އޮތޯރިޓީން ވަނީ 2018 ވަނަ އަހަރު، ސްޓޭޑިއަމް ތަކަށް، ކުޅުންތެރިންގެ އާއިލާގެ މެމްބަރުންނަށާއި ރަހުމަތްތެރިންނަށް ވަދެ ތިބެވޭނެ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާނެކަން އިއުލާނު ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް