މިސްރާއި ފަލަސްތީނު ގުޅޭ މެރިޓައިމް ބޯޑަރު ސަރަހައްދުގައި މިސްރު ސިފައިން ދިން ހަމަލާއެއްގައި ގާޒާ މަސްވެރިއަކު މަރުވެއްޖެ އެވެ.
މި ހަމަލާއާއި ގުޅިގެން މިސްރު ސިފައިން ވަކި އެއްޗެއް އަދި ބުނެފައި ނުވެ އެވެ. މަރުވެފައިވަނީ އުމުރުން 33 އަހަރުގެ އަބްދުﷲ ޒައިދަން ނަމަކަށް ކިޔާ މސްވެރިއެކެވެ. ބަޑީގެ އުންޑަ އަމާޒުވެފައި ހުރީ އޭނާގެ މެއަށެވެ.
ގާޒާގެ ދާހިލީ ވުޒާރާއިން ބުނެފައިވަނީ މި މައްސަލަ ހިނގަން މެދުވެރިގޮތް ތަހުގީގު ކޮށްދިނުމަށް މިސްރުގެ ކަމާއިބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
ގާޒާގެ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުން މި ހަމަލާ ކުށްވެރިކޮށްފައިވާއިރު 2015 ވަނަ އަހަރުވެސް މިފަދަ ހަމަލާއެއްގައި ގާޒާގެ މަސްވެރިއަކު މަރުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް