ކޮންމެ ހުކުރެއްގެ ހުކުރު ނަމާދަށްފަހު ކީރިތި ރަސޫލާ محمد صلى الله عليه وسلم ގެ މައްޗަށް ސަލަވާތް ކިޔަވާއިރު މިސްކިތުގެ ތެރެއިން އޭނާ އިން ތަނެއް ހޯދައިގެން ކުޑަ ކުޑަ ޒައިނަބް އައިސް އޭނާގެ ކައިރީގައި އަބަދުވެސް އިންނާނެ ކަމަށާއި ނަމަވެސް ޒައިނަބު މިއަދު ނެތް ކަމުގައި އޭނާގެ ބައްޕަ އަމީން އަންސާރީ ބުނެފި އެވެ.
އަސަރާއެކު އަމީން އަންސާރީ މި ވާހަކަތައް މީޑިއާއާއި ހިއްސާ ކޮށްފައިވަނީ ހުކުރު ނަމާދަށްފަހު މީޑިއާއަށް ބައެއް ވާހަކަ ހިއްސާ ކުރަމުންނެވެ.
"މިސްކިތުގައި ތިބޭ އެހެން މީހުންނަށްވެސް އެކަން ފާހަގަވާނެ، ސަލަވާތް ކިޔަވާއިރު ޒައިނަބް މިސްކިތުގެ ތެރެއިން އަހަރެން ހޯދުމަށްފަހު އަހަރެންގެ ކައިރީގައި އިނދެ ސަލަވާތް ކިޔެވުމުގައި ބައިވެރިވާނެ" ޒައިނަބުގެ ބައްޕަ ބުންޏެވެ.
އޭނާ ބުނެފައިވަނީ މި މައްސަލައިގާ ފުލުހުން އިހުމާލުވަމުން އަންނަ ކަމުގައި ބެލުމުގެ ޖާގަ މިހާރު އެބަ އޮތް ކަމަށެވެ. އާއިލާގެ ފަރާތުން ސީސީޓީވީގެ ދެ ފުޓޭޖެއް ފުލުހުންނާއި ހިއްސާ ކޮށްފައިވާއިރު ޒައިނަބުގެ ގާތިލު އަދިވެސް އަތުލައި ނުގަނެވުމަކީ ބޮޑު މައްސަލައެއް ކަމުގައި ޒައިނަބްގެ ބައްޕަ ބުނެފައި ވެ އެވެ.
ޒައިނަބް ގެއްލިފައި ވަނީ ޖެނުއަރީ ހަތަރު ވަނަ ދުވަހު އޭނާގެ ބޮޑުދައިތައެއްގެ ގެއަށް ގުރްއާން ކިޔަވަން ދިޔަ މަގުމަތީގައި އެވެ. ޖެނުއަރީ 9 ވަނަ ދުވަހު ޒައިނަބް ފެނިފައިވަނީ މަރާލާފައި ކުނިގޮނޑަކަށް އެއްލާފާއި އޮއްވަ އެވެ. ރޭޕް ކުރުމަށް ފަހު ޒައިނަބް މަރާލާފައި ވަނީ ކަރުގައި ހިފައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް