އައްޑޫ ސިޓީ ގެއެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި އަލިފާން ރޯވެއްޖެ އެވެ. މިކަން އައްޑޫ ލައިވް އިން ރިޕޯޓް ކޮށްފައިވާއިރު ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ރަށު ބޮޑުމަގުގައި ހުންނަ ޗެކްމާކް ފިހާރަ ކައިރީގައ...

13 Jan 2018 | 21:48

އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި އަލިފާން ރޯވެއްޖެ އެވެ.

މިކަން އައްޑޫ ލައިވް އިން ރިޕޯޓް ކޮށްފައިވާއިރު ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ރަށު ބޮޑުމަގުގައި ހުންނަ ޗެކްމާކް ފިހާރަ ކައިރީގައި ހުންނަ "އެލްމިނިއަމް" ނަމަކަށް ކިޔާ ގެއެއްގައި ކަމަށާއި ގޭގެ ބޮޑު ބައެއްގައި ރޯވެ އަނދަން ފެށާފައިވާއިރު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެލްމިނިއަމް ގޭގެ އަވަށްޓެރިއަކު "އައްޑޫ ލައިވް" އަށް ބުނީ ބަޔަކު ދިރިވެސް އުޅެމުން އަންނަ ގޭގައި ވަރަށް ބޮޑަށް ރޯވި ނަމަވެސް އެއްވެސް މީހަކަށް މި ހާދިސާގައި ގެއްލުމެއްވި ކަމުގެ މައުލޫމާތެއް ނުލިބޭ ކަމަށެވެ. އަދި ރޯވާން ދިމާވި ސަބަބެއް ވެސް ސާފު ނުވާ ކަމަށް ބުންޏެވެ." އައްޑޫ ލައިވްގައި ރިޕޯޓް ކޮށްފައި ވެ އެވެ.

މިކަމުގައި ސިފައިންގެ ރަސްމީ ބަހެއް ލިބޭގޮތް ނުވި ނަމަވެސް ދައުލަތުގެ މީޑިއާއިން، އެ މީޑިއާގެ އައްޑޫ ބިއުރޯއާއި ހަވާލާދީ ބުނެފައިވަނީ އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް