ކޯވިޑާއި ގުޅިގެން ރިޔާސީ ދައުރު 10 އަހަރަށް ދަންމާލަން ޖާބިރު ހުށަހަޅުއްވައިފި

ކޯވިޑް-19 އާއި ގުޅިގެން ރިޔާސީ ދައުރު 10 އަހަރަށް ދަންމާލަން، ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް، ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވަ...

13 Dec 2021 | 17:51

ކޯވިޑް-19 އާއި ގުޅިގެން ރިޔާސީ ދައުރު 10 އަހަރަށް ދަންމާލަން، ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް، ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

ޖާބިރު ފާހަގަކުރެއްވި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ދެ އަހަރަށް ވުރެ ގިނަދުވަހު ކޮވިޑް-19ގެ ސަބަބުން މަޝްރޫޢުތައް ނުފެށި ލަސްވެފައިވެއެވެ.

އެގޮތުން، ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރުގެ ގޮތުގައި މިވަގުތު އޮތް ފަސް އަހަރު ދުވަހުގެ މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ނޫންކަން ގާނޫނު އަސާސީގެ ދަށުން އިންތިހާބުވި ހުރިހާ ރައީސުންގެ ވާހަކަފުޅުން އެނގޭ ކަމުގައި ޖާބިރު ވިދާޅުވެފައި ވެއެވެ.

އެހެންކަމުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް އެންމެ އެކަށޭނަ ގޮތުގައި ފުއްދުމަށްޓަކައި، ދައުރު 10 އަހަރަށް އިތުރު ކުރުމަކީ ދިވެހި ޤައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ޖާބިރު ހުށަހެޅި ބިލްގައިވެއެވެ.

އެ ބިލުގައި ވާގޮތުން ރައީސްގެ މަގާމަށް އިންތިހާބު ކުރެވޭ އެއްވެސް ބޭފުޅަކަށް ވިދިވިދިގެން ނުވަތަ އެނޫންވެސް ގޮތަކަށްވެސް ދެ ދައުރަށްވުރެ ގިނަ ދުވަހު ރައީސް ކަމުގެ މަގާމް ނުފުރޭނެ އެވެ. ރައީސް ކަމުގެ މަގާމް ހުސްވެގެން އެމަނިކުފާނުގެ ނައިބް ރައީސް ކަމަށް އަތުވެއްޖެނަމަ އެ ދައުރު ރިޔާސީ ދައުރެއްގެ ގޮތުގައި (10 އަހަރު) ގުނާނީ ރައީސް ކަމުގެ މަގާމާ ނައިބް ރައީސް ހަވަލާލުވިއިރު، އެ ރިޔާސީ ދައުރުގައި މަދުވެގެން ހަތަރު އަހަރު ދުވަސް ބާކީ އޮތް ނަމަ ކަަމަށް އިސްލާހުގައި ވެއެވެ.

މީގެ އިތުރުން،ރިޔާސީ ދައުރަށް އިސްލާހު ގެނައުމަށް ޖާބިރު ހުށަހެޅި ބިލުގައި ވިދާޅުވެފައި ވަނީ 2008 ވަނަ އަހަރު ފާސްކުރި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ތަސްދީގު ކުރި ފަހުން ބޭއްވި ރިޔާސީ އިންތިހާބުތަކާއި ވެރިކަން ހިންގަމުން އަންނަ ގޮތަށް ބަލާއިރު، ރާއްޖޭގައި ވެރިކަން ހިންގުމުގައި އެތަކެއް ސިޔާސީ އަދި އިގްތިޞާދީ ހުރަސްތަކެއް ހުރި ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް