ޖަންމު ކަޝްމީރު އިންޑިއާ ފަޅީގައި ފުލުހުންގެ ބަހަކަށް ބަޑިން ހަމަލާދީ ދެ ފުލުހުން މަރާލައިފި އެވެ.
މިހާދިސާގައި ހަމާލާ ދީފައިވަނީ ވަޒަން ނާރާގޮތަށް ހަދާފައިވާ ބަހަކަށް ނޫން ކަމަށެވެ. އަދި އެ ބަހުގައި ތިބި ފުލުހުންގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތް އިރު ސަލާމަްވާން ބޭނުން ކޮށްފައިވަނީ ހަމައެކަނި ޝިލްޑު ކަމަށްވެ އެވެ.
ސްރީނަގަރްގެ ޒީވަން ފުލުހުންގެ ކޭމްޕު ހިމެނޭ ސަރަހައްދުގައި ދިން މި ހަމަލާގައި 12 ފުލުހުން ޒަހަމްވެފައިވެ އެވެ. އެމީހުންނަށް އެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ.
އެ ބަހުގައި ދަތުރު ކުރީ ޑިއުޓީ ނިންމާފައި ދިޔަ ފުލުހުންތަކެއް ކަމަށްވެ އެވެ.
މި ޓެރަރިސްޓު ހަމަލާދިން ބަޔަކު އަދި ނޭނގެ އެވެ. ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށް ތަހުގީގު ކުރަން ވަނީ ފަށާފަ އެވެ.
މި ހާދިސާ އާއި ގުޅިގެން ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރު އުމަރު އަބްދުﷲ ވަނީ ހިތާމަފާޅު ކުރައްވާ ޓުވީޓެއް ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ފުލުހުންނަށް އަމާޒުކޮށް ދިން އެ ހަމަލާއަކީ ގަބޫލު ކުރަން ދަތިވި ހަމަލާއެއް ކަމަށެވެ.
މި ދުވަސްވަރު ޖަންމު ކަށްމީރުގެ އިންޑިއާ ފަޅީގައި އާންމުންނާއި އިންޑިއާ ސިފައިންނާއި ދެމެދު ދަނީ ކުރިމަތިލުންތައް ހިނގަމުންނެވެ. އަދި އާންމުންގެ ތެރެއިން ގިނަ ބަޔަކު މެރުމަށް ފަހު އެމީހުންގެ ހަށިތައް އާއިލާ އާއި ހަވާލު ނުކުރާކަމުގެ ތުހުމަތު އިންޑިއާ އަސްކަރިއްޔާ އާއި ފުލުހުންނަށް ވަނީ އަމާޒުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް