ޗެމްޕިއަންސް ލީގު: އަލުން ގުރު ނަގައިފި، މިފަހަރު ލައްވާލީ ޕީއެސްޖީ އާއި ރެއާލް އަދި ޔުނައިޓެޑާއި އެތްލެޓިކޯ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ގުރުއަތުލުން އަލުން ބޭއްވިއިރު، ޕީއެސްޖީ އާއި ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ޔުނައިޓާއި އެތްލެޓުކޯ މެޑްރިޑް ބައްދަލުކުރަން ޖެހިއްޖެއެވެ. ގަދަ 16 ވަނަ ބު...

13 Dec 2021 | 15:50

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ގުރުއަތުލުން އަލުން ބޭއްވިއިރު، ޕީއެސްޖީ އާއި ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ޔުނައިޓާއި އެތްލެޓުކޯ މެޑްރިޑް ބައްދަލުކުރަން ޖެހިއްޖެއެވެ.

ގަދަ 16 ވަނަ ބުރުގެ ގުރުއަތު ނެގުން އެންމެ ފުރަތަމަ ބޭއްވީ މިއަދު ހަވީރު އެވެ. ނަމަވެސް ޓެކްނިކަލް މައްސަލައެއް ދިމާވެ ގުރުނެގުމުގައި ބައެއް ގޯސްތައް ހެދިފައި ވުމުން އަލުން ގުރުނެގުމަށް ޔޫއެފާއިން ނިންމީއެވެ.

އެގޮތުން މިއަދު ހަވީރު ބޭއްވި ގުރުލުމުގައި ފާހަގަކުރެވުނު ފުރަތަމަ މައްސަލައަކީ މެންޗެސްޓާ ޔުނައިޓެޑާއި ވިޔަރެއާލް ކުޅެން ޖެހޭގޮތަށް ދިމާވުމެވެ. ޔުއެފާގެ ޤަވާއިދު ބުނާ ގޮތުން އެއް ގްރޫޕެއްގައި އޮތް ދެ ޓީމަކަށް ދެވަނަ ބުރުގައި ނުކުޅެވޭނެއެވެ.

ދެވަނައަށް ފާހަގަކުރެވުނު މައްސަލައަކީ ލިވަޕޫލާއި އެތުލެޓިކޯއާ ބައްދަލުވާ ގޮތަށް އޮތުމެވެ. އެތުލެޓިކޯ އާއި ލިވަޕޫލް ގުރޫޕް ސްޓޭޖުގައި އެއް ގްރޫޕެއްގައި ހިމެނުނުއިރު، މި ދެ ޓީމަށް ގަދަ 16 ވަނަ ބުުރުގައި ބައްދަލުނުކުރެވޭނެއެވެ. މީގެ އިތުރުން އެތުލެޓިކޯގެ ގުރުއަތުލުމުގައި ޔުނައިޓެޑް ހިމަނާފައިނުވާއިރު، ޔޫއެފާގެ ޤަވައިދު ބުނާގޮތުން ޔުނައިޓެޑާ އެތުލެޓިކޯ ދެ ވަނަ ބުރުގައި ބައްދަލުކުރަން ޖެހުމުގައި މައްސަލައެއް ނެތެވެ.

މިއަދު އެންމެ ފުރަތަމަ ބޭއްވުނު ގުރުނެގުމުގައި ދިމާވި މައްސަލަތައް ފާހަގަކުރީ ކުލަބުތަކުން ކަމަށް ވާއިރު، އަލުން ގުރު ނެގުމަށް ނިންމީ ކުލަބުތަކުގެ އެދުމުގެ މަތިންނެވެ.

އެގޮތުން މިރޭ އަލުން ބޭއްވި ގުރުނެގުމުގައި ޔުނައިޓެޑް އެތްލެޓިކޯ މެޑްރިޑާއި ލައްވާލިއިރު، ޕީއެސްޖީ ލައްވާލީ ރެއާލް މެޑްރިޑާއެވެ.

އަލުން ގުރު ނެގިއިރު، ޓީމުތައް ބައްދަލުކުރަން ޖެހުނު ގޮތް

ބަޔާން މިޔުނިކް – އެފްސީ ސާލްސްބާގް

މެންޗެސްޓާ ސިޓީ – ސްޕޯޓިން ލިސްބަން

ބެންފީކާ – އަޔެކްސް

ޗެލްސީ – ލިލް

މެންޗެސްޓާ ޔުނައިޓެޑް – އެތްލެޓިކޯ މެޑްރިޑް

ޔުވެންޓަަސް – ވިޔަރެއާލް

އިންޓަމިލާން – ލިވްޕޫލް

ޕީއެސްޖީ – ރެއާލް މެޑްރިޑް

ދެ ވަނަ ބުރުގެ ފުރަތަމަ ލެގްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ 15، 16 އާއި ފެބްރުއަރީ 22، 23 ވަނަ ދުވަހު އެވެ. ދެ ވަނަ ލެގްގެ މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ އެ އަހަރުގެ މާޗް 8،9 އާއި މާޗް 15، 16 ގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް