ޗައިނާ އިން ކޯވިޑް-19ގެ އާ ވޭރިއަންޓު އޮމިކްރޯންގެ ފުރަތަމަ ކޭސް ރިޕޯޓުކޮށްފި އެވެ.
އޮމިކްރޯން ވޭރިއަންޓު ފުރަތަމަ ފެނިފައިވަނީ ސައުތް އެފްރިކާއިންނެވެ. ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ގޮތުގައި މި ވޭރިއަންޓު ފެތުރޭލެއް އަވަސް ނަމަވެސް ނުރައްކާ ކުޑަ އެވެ.
ޗައިނާއިން އޮމިކްރޯން ވޭރިއަންޓަށް ޕޮސިޓިވްވެފައިވާ މީހާ ފެނިފައިވަނީ އުތުރުގެ ސިޓީއެއް ކަމަށްވާ ޓިއަންޖިން އިންނެވެ. އެމީހާ އަކީ އެގައުމަށް އެހެން ގައުމަކުން އެތެރެވި މީހެއް ނަމަވެސް އެމީހާ ޗައިނާއަށް ދިޔަ ގައުމު ހާމަ ކުރަން ޗައިނާ ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ.
މި ކޭސް އާއި ގުޅިގެން އެމީހާ ވަނީ ހޮސްޕިޓަލްގައި އައިސޮލޭޓް ކޮށްފަ އެވެ. އަދި ޗައިނާ ވަނީ އެލާޓަށް ގެނެސްފަ އެވެ.
ހާއްސަކޮށް އަންނަ ފެބްރުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ބެއިޖިން ވިންޓާ އޮލިމްޕިކްސ ްއާއި ދިމާކޮށް އޮމިކްރޯން ވޭރިއަންޓު ފެތުރުމުގެ ބިރަށް ޗައިނާ ވަނީ އަވަސް ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ.
އެންމެ ފުރަތަމަ ކޯވިޑް ކޭސް ފެނުނު ޗައިނާގެ ބޯޑަރުތައް އަދިވެސް އާންމުކޮށް ހުޅުވާ ނުލާއިރު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަލި ކޮންޓްރޯލް ކުރީ ހަރުކަށި ފިޔަވަޅުތަކާއި އެކު އެވެ. އަދިވެސް ކޯވިޑް ކޭސްއެއް ފެނިއްޖެ ނަމަ އެ ސަރަހައްދެއްގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ޓެސްޓުކޮށް ކޯވިޑް ޖެހިފައިވާ މީހަކު ހުރިތޯ ޗައިނާގައި ކަށަވަރު ކުރެ އެވެ.
މިހާރު އާންމުކޮށް އެ ގައުމުގައި ކޯވިޑް ޖެހެނީ ދުވާލަކު 100 އެއްހާ މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް