ކަރީނާ އާއި ބެސްޓު ފުރެންޑު އަމްރިތާއަށް ކޯވިޑް ޖެހިއްޖެ

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާ ކޯވިޑަށް ޕޮސިޓިވްވިކަން އެނގުނީ އިއްޔެ އެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އޭނާގެ އެންމެ ގާތް އެ...

13 Dec 2021 | 15:12

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އޭނާ ކޯވިޑަށް ޕޮސިޓިވްވިކަން އެނގުނީ އިއްޔެ އެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ އަމްރިތާ އަރޯރާއަށްވެސް ކޯވިޑް ޖެހިފައިވާކަން އެނގިފައިވެ އެވެ.

މި ދެ ތަރިންވެސް މިހާރު ތިބީ ހޯމް ކަރަންޓީންގައި އެވެ. ބްރިހަމްމުމްބާއީ މުނިސިޕަލް ކޯޕަރޭޝަނުން ވަނީ ކަރީނާ ގެއަށް މަދެ ނުކުމެވުން މަނާކޮށްފަ އެވެ. ކަރީނާ އިންސްޓަގްރާމްގައި ބުނެފައިވަނީ އޭނާ ގައިން ކޯވިޑްގެ އަލާމާތްތައް ކޮންމެސް ވަރަކަށް ފެންނަމުންދިޔަ ނަމަވެސް ހާލު ރަނގަޅު ކަމަށެވެ.

އޭނާ ބުނީ އެ އާއިލާ އާއި އޭނާގެ ހުރިހާ މުވައްޒަފުންނަކީ ކޯވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުން ކަމަށެވެ. އަދި އޭނާ އާއި ކޮންޓެކްޓު ވެފައިވާ މީހެއް ނަމަ ޓެސްޓު ހެދުމަށް އެދިފައިވެ އެވެ.

ކަރީނާ އާއި ބެސްޓު އެންމެ ގާތް އެކުވެރިޔާ އަމްރިތާ ކޯވިޑަށް ޕޮސިޓިވްވެފައި މިވަނީ މިފަހުން ދެމީހުން އެކުގައި ގިނަ ޕާޓީތަކަކަށް ގޮސްފައިވަނިކޮށެވެ. އެގޮތުން މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބޮލީވުޑްގެ ގިނަ މަޝްހޫރު ތަރިން ބައިވެރިވި ޕާޓީތަކަކަށް އެމީހުން ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް