މޯލްޑިވްސް މެރިން އެކްސްޕޯ 2021 އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޒިޔާރަތް ކުރައްވައިފި އެވެ.
މި އެކްސްޕޯ އަކީ ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އެކްސްޕޯ އެކެވެ.
އެމަނިކުފާނު މިއަދު ހަވީރު މި އެކްސްޕޯ އަށް ޒިޔާރަތް ކުރައްވާ އެކްސްޕޯ ބައްލަވާލައްވާފައިވާ އިރު، މި އެކްސްޕޯ ގައި ރައީސުލްޖުމްހޫރިއްޔާ އަށް މަރުޙަބާ ދެންނެވީ އެންބީއޭއެމްގެ ރައީސް އަޙްމަދު އަފްރާޙްއެވެ.
މި އެކްސްޕޯ ގައި ވަނީ "ލައިފް ޖެކެޓް، ވެއަރ އިޓް" ހޭލުންތެރިކުރުމުގެ ކެމްޕޭން ވެސް ލޯންޗްކޮށްފަ އެވެ.
މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް މެރިން އެކްސްޕޯ ކުރިއަށްދާނީ ހުޅުމާލާގެ ސެންޓްރަލް ޕާކުގަ އެވެ.
މޯލްޑިވްސް މެރިން އެކްސްޕޯ ގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ އެވެ.
މޯލްޑިވްސް މެރިން އެކްސްޕޯއަކީ 2014 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ބޯޓިންގ އެސޯސިއޭޝަނުން މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް